މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭނެ "އެޑްވައިސަރީ ބޯޑު" ރައީސް އެކުލަވައިލައިފި

''ސެލެރީސް އެންޑް ވޭޖްސް އެޑްވައިޒަރީ ބޯޑް'' ގެ ނަމުގައި މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ގޮތާ މެދު ލަފާދޭނެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލައިފިއެވެ.

ރައީސް އިބްރާހިމު މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސައްކަތް ތެރިންގެ ދުވަހާއި ގުޅިގެން މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑައުޖޫރަ ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީއަށް ލަފާދޭ ބޯޑެއް މިއަދު އެކުލަވާލެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމުގައެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދެވި، އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ގޮތާ މެދު ލަފާދޭނެ ''އެޑްވައިޒަރީ ބޯޑާއި" ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ވިދާޅުވި، ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ އެ ބޯޑު ގައި އިންޑަސްޓްރީ ތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން މަސައްކަތްތެރިންގެ ފަރާތުން ދެ މެމްބަރަކު ހިމެނޭ ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން އެއް މެމްބަރަކު ބޯޑުގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ފައްޔާޒު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ލަފާދޭ ކޮމިޓީއެއް ހަމަޖައްސާފައިވާއިރު، ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަށްޓަކައި ''ޕޭ ކޮމިޝަނެއް'' ވެސް ވަނީ އުފައްދާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ