ކޮމިއުނިސްޓު ވެރިކަމެއް ގާއިމު ކުރުމަށާއި ފަގީރުންނަށް ހައްގުތައް ހޯދައި ދިނުމުގެ ނަމުގައި އިންޑިއާގައި ހަނގުރާމަކުރަމުންދާ މައޮއިސްޓު ހަނގުރާމަވެރިން މިއަދު ދިން ހަމަލާއެއްގައި އިންޑިއާ ފުލުހުންގެ 15 މީހަކު މަރާލައިފިއެވެ.
މި ހަމަލާ ދީފައިވަނީ، އިންޑިއާ ފުލުހުންގެ ދެ އުޅަނދަކަށް އަމާޒުކޮށް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެންނެވެ. މި ހަމަލާ ދީފައިވަނީ މަހާރަޝްތުރާ ސުޓޭޓުގައެވެ.
މައޮއިސްޓު ޖަމާއަތަކީ ދޭތެރެ ދޭތެރެއިން އިންޑިއާގައި އެކިވަރުގެ ހަމަލާތައް ދެމުން އަންނަ ޖަމާއަތެކެވެ. މިގޮތުން މިދިޔަ މަހުގެ ނުވައެއްގައި ދިން ހަމަލާއެއްގައިވެސް ފަސް މީހުން މަރާލައިފައި ވެއެވެ. އަދި 2010 ވަނަ އަހަރަށްފަހު މައޮއިސްޓުންގެ ހަމަލާތަކުގައި ޖުމްލަ 2100 މީހުން މަރުވެފައި ވެއެވެ.