މާފަންނުގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާގައި އޭސީ އެއް ހަރުކުރަން އުޅުނު މީހަކު ވެއްޓި އައިޖީއެމްއެޗް ގައި ފަރުވާދެމުން އެބަދެއެވެ.
ފުލުހުން ބުނެފައިވަނީ މިހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 6:34 އެހާކަން ހާއިރު ކަމަށެވެ.
މި ހާދިސާގައި އަނިޔާވީ 18 އަހަރުގެ ބިދޭސީއަކަށެވެ. އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަަމަށް ފުލުހުން ވިދާޅުވިއެވެ.
ސަލާމަތީ ކަންކަމަށް ސަމާލުކަން ނުދީ ބިދޭސީން ލައްވާ މަސައްކަތްކުރާ ކަމުގެ ޝަކުވާ ކަމާބެހޭ ފަރާތްތަކަށް ގިނަ ފަރާތްތަކަކުން ކުރަމުންދާކަމަށް އެފަރާތްތަކުން ފާހަގަ ކުރެއެވެ.