މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށްފަހު އާއިލާއާއެކު ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަވަށްޓެރި ސްރީލަންކާއަށް ޗުއްޓީއަށް ވަޑައިނުގެން އިނގިރޭސި ވިލާތައް ޗުއްޓީއަށް ވަޑައިގަތުމާއި ގުޅިގެން ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ސިއްދީގު ސުވާލު އުފައްދަވައިފި އެވެ.
ސިއްދީގު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިފަހަރު ނޫނިއްޔާ ނަޝީދު އާންމުކޮށް ޗުއްޓީއަށްދަނީ ލަންކާއަށް ކަމަށާއި މިފަހަރު ލަންކާއަށް ނުގޮސް ކުއްލިއަކަށް ޔޫކޭ އަށް ދިއުމުގެ ފަހަތުގައިވަނީ ކޮންކަމެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
"މިފަހަރު ނޫނިއްޔާ ނަޝީދު އާންމުކޮށް ޗުއްޓީއަށްދަނީ ލަންކާއަށް ކަމަށްވަނީ، ދެން މިފަހަރު ލަންކާއަށް ނުގޮސް ކުއްލިއަކަށް ޔޫކޭ އަށް ދިއުމުގެ ފަހަތުގައިވަނީ ކޮންކަމެއްތޯ ސުވާލު އުފެދޭ، ލަންކާއަށްދިން ހަމަލާދިނީ މީނާ ލަންކާއަށް ނުގޮސް ޔޫކޭއަށްދިޔަ ފަހަރަށްވުމީ އިއްތިފާގެއްބާ؟" ސިއްދީގުގެ ޓުވީޓުގައި ސުވާލު އުފައްދައިފައި ވެއެވެ.
Mifaharu nooniyya Nasheed aammukoh chuttee ah dhanee Lankaa ah kamah vanee. Dhen mifaharu lankaa ah nugos kulliakah UK ah dhiyumuge fahathugai vanee kon kameh thoa suvaalu ufedhey. Lankaa ah dhin hamalaa dhinee meenaa lankaa ah nugos UK ah dhiya faharah vumee ithifageh baa?
— ރައީސް ޔާމީން މިނިވަންކުރޭ (@AhmedSiddeeq) May 1, 2019
ރައީސް ނަޝީދަކީ އިނގިރޭސިވިލާތާއި އަދި ސްރީލަންކާއާއި ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ. މިގޮތުން ރައީސް ޔާމިނުގެ ވެރިކަމުގައި ގައުމުން އަރުވާލެވިގެން ރައީސް ނަޝީދު އުޅުނު ދުވަސްވަރު ގިނައިން އުޅުއްވައިފައިވަނީ ސްރީލަންކާ އަދި އިނގިރޭސި ވިލާތުގައެވެ.