މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ މާދަމާކަމުގައިވާތީ، މާދަމާއަކީ ސަރުކާރުބަންދު ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ކޮންމެ އަހަރަކު ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާތެރޭގައި ދައުރުގެ ފުރަތަމަ ޖަލްސާ ބައްވަން ޖެހޭނެއެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން މާދަމާ ރައީސުލް ޖުމްހޫރިޔާ އަލްފާޟިލް އިބްރާޙީމް މުޙައްމަދު ޞާލިހު އެމަނިކުފާހުގެ ރިޔާސީބަޔާން ރައްޔިތުންގެ މަޖިލީހުގައި އިއްވަވާނެކަމަށް ރައީސުލް ޖުމްހޫރިޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަކީ، ޤައުމުގެ ކަންކަން ރޭވިފައިވާ ގޮތާއި ސިޔާސަތުގެ ތަކުގެ މައްޗަށް އެކުލަވާލާލެވިފައިވާ ރިޔާސީ ބަޔާނެކެވެ.
ނިމިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވާފައިވަނީ ފެބުރުވަރީ 21 ވީ ބުދަ ދުވަހުގެރެއެވެ.