ޑިންގީއެއްގެ ބުރަފަތީގައި ޖެހި ބިދޭސީއަކު ނިޔާވެއްޖެއެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު 11:00 އެއްހާއިރު އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައި ވަނީ އއ. ހަވެލި ރިސޯޓްގެ ޑައިވިން ދޯންޏެއްގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ އުމުރުން 41 އަހަރުގެ މީހެއް ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ، ޑައިވިން ދޯންޏެއްގައި ހުރި ދޯނި ކެޕްޓަން ބަލާ އެދޯނީގެ ކުރޫ އެއްގެ ގޮތުގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހާ ޑައިވިން ދޯނީގެ ޑިންގީ ގައި ނައްޓާލި ވަގުތު މޫދަށް ވެއްޓި، ޑިންގީގެ ބުރަފަތީގައި ބޯޖެހި، ލިބުނު އަނިޔާގައެވެ.
ބިދޭސީ އެ މީހާ ވެއްޓުނު ތަން ފެނިގެން އެ ސަރަހައްދަށް ދިޔަ މީހުނާ ހަވާލާދީ ފުލުހުން ބުނީ މީހުން އެ ސަރަހައްދަށް ދިޔައިރު ބިދޭސީ މީހާ ލައިގެން ހުރި ގަމީސް އޮތީ ޑިންގީގެ ބުރަފަތީގައި އޮޅިފައި ކަމަށާއި އެ މީހާ އޮތީ ޒަހަމްވެފައި ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް އެ އަތޮޅު ރަސްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށެވެ.




