ޕީޕީއެމްގެ ޑެޕިއުޓީ އެސްޖީގެ މަގާމަށް ލަޔާލް

ޕްރޮގުރެސިފް ޕާރޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނަރަލްގެ މަގާމަށް ޗެނަލް 13 އިން މަގްބޫލުކަން ހޯދި ލަޔާލް މަނިކު ހަމަޖައްސައިފިއެވެ.

ލަޔާލް މަނިކު މިމަގާމަށް ހަމަޖެއްސިކަން އިއުލާން ކޮށްފައިވަނީ ޕީޕީއެމް ގެ ސެކެރެޓަރީ ޖެނަރަލް މުހައްމަދު ޝަކީލް ކުރެއްވި ޓުވީޓެއްގަ އެވެ.

https://twitter.com/schakyyl/status/1123989363958874112

ލަޔާލް މަނިކު ބޮޑަށް ފާހަގަ ވެގެން ގޮސްފައިވަނީ ރައީސް ޔާމިނުގެ ދިފާއުގައި ވަކާލާތު ކުރައްވާ ޖެހިލުންކުޑަ ބޭކަނބަލެއްގެ ގޮތުގައެވެ. އަދި ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާނެކަން ލަޔާލް އިއުލާން ކޮށްފައި ވެއެވެ. ނަމަވެސް ލަޔާލްގެ ނަންވަނީ ފަހުން ނަގާފައެވެ.

ޑެޕިއުޓީ އެސްޖީގެ އިތުރުން ޕީޕީއެމުން މިރޭވަނީ ޑެޕިއުޓީ ރެޖިސްޓުރާގެ މަގާމަށްވެސް ބޭކަނބަލެއް އައްޔަން ކުރައްވައިފައެވެ. މިގޮތުން ޑެޕިއުޓީ ރެޖިސްޓުރާގެ މަގާމަށް އައްޔަންކޮށްފައިވަނީ މަރިޔަމް ޖުހައިނާއެވެ.

https://twitter.com/schakyyl/status/1123990256913661959
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ