ތ. އަތޮޅު ކަނޑުދޫގައި ހައްދައި މިރުހަކީ ކޮންމެ އަހަރުކުވެސް ރަމަޟާން މަހުގައި މާލޭގެ ބާޒާރުތަކުގައި އެންމެ މަޤުބޫލު އަދި އެންމެ އަވަހަށް އަގު އަރައިގެންދާ މިރުހެވެ.
ކަނޑުދޫގައި މިއަހަރުގެ ރަމަޟާން މަހަށް ހައްދާ މިރުހުގެ އަގު އެހެން އަހަރުތަކާ އަޅާ ބަލާއިރު ދެގުނަ ބޮޑުވާނެ ކަމަށް ކަނޑޫދޫ ކައުންސިލުން މީގެކުރިންވެސް ބުނެފައިވާއިރު، ލޯކަލް މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއް މިހާރު ލިބެން ހުރީ ކިލޯއެއް 1000 ރުފިޔާ އަށެވެ.
ކޮންމެ އަހަރަކުވެސް ކަނޑޫދޫއިން ރަމަޟާން މަހަށް ޚާއްސަކޮށް މިރުސް ހައްދަމުންދާއިރު، މިދިޔަ އަހަރު ރަމަޟާން މަހުގެ ބާޒާރުގައި 400 އަށް ވުރެ މައްޗަށް މިރުސް ކިލޯއެއްގެ އަގުއެރައިފައިވެއެވެ.
މިއަހަރު ރަމަޟާންމަހުގައި ކަނޑޫދޫން ހައްދާ މިރުހުގެ އަގު މިހާ ބޮޑަށް އުފުލުމަށް މެދުވެރިވާން ދިމާވި ސަބަބަކީ، ފާއިތުވި ދުވަސްތަކުގައި އާދަޔާ ޙިލާފަށް ހޫނުގަދަވުމުގެ ސަބަބުން ދަނޑުވެރިންނަށް މިރުސް ހެއްދުމަށް ދަތިތަކަކާއި ކުރިމަތިލާން ޖެހުމެވެ.
ހޫނުން މިރުސް ގަސްތަކަށް ކުރާ އަސަރު ކުޑަކުރުމަށް ގަސްތަކުގެ މަތިން އިތުރު ނެޓެއް ދެމުމަކީ ގަސްތައް ބޮޑެތިވެފައި ހުރުމުން ކުރަން ދަތި ކަމެއް ކަމަށާއި، އެހެންނަމަވެސް ހުރިހާ ދަނޑުވެރިންވެސް ހޫނުން ގަސްތަކަށް ކުރާ އަސަރު ކުޑަކުރުމަށް ފެންޖެހި ކަމަށްވެސް ކަނޑޫދޫގެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ،
މާލޭގެ މާރުކޭޓުތަކުން ލިބެންހުރި މޭވާ އަދި ތަރުކާރީގެ ބާވަތްތަކަށް ބަލާއިރުވެސް، އެހެން އަހަރުތަކުގެ ރަމަޟާންމަހުގެ އަގުތަކާއި ހިލާފަށް މިއަހަރު ހުރިހާ ބާވަތެއްގެ އަގުތަށްވެސް ވަނީ ބާޒާރުގައި އުފުލިފައެވެ.
ހިޔާލު
Dhanduverin dhadah dheiru dhedhalha dhaan jeheythy ye kiyaafa agu bodukuri nama dhw
ކޮމެންޓް ކުރުން ބަންދު