3 ލޯ ހުރި ހަރުފައެއް ފެނިއްޖެ

އޮސްޓްރޭލިއާގެ ހައިވޭ އެއްގެ މަގުމަތިން 3 ލޯ ހުރި ހަރުފައެއް ފެނިއްޖެއެވެ.

އޮސްޓްރޭލިއާގެ ވަލުޖަނަވާރާ ބެހޭ އިދާރާއަކުން 3 ލޯ ހުރި މި ހަރުފައިގެ ފޮޓޯއެއް ފޭސްބުކް އަށް ދޫކޮށްލުމާއެކު، ވަރަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ މި ފޮޓޯއަށް ހުއްޓިފައެވެ.

ބީބީސީގެ ރިޕޯޓުތައް ބުނާގޮތުގައި މި ހަރުފައަކީ އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި ދިރިއުޅޭ ހަރުފައިގެ ބާވަތެއްކަމުގައިވާ "ކާރޕެޓް ޕައިތޯން" އާއިލާގެ އެއްޗެކެެވެ. އަދި މި ހަރުފަ ފެނިފައިވަނީ އޭތީގެ އުމުރުން 3 މަހުގައި ކަމަށް ރިޕޯޓިތައް ބުނެއެވެ.

އެހެންނަމަވެސް މި އާދަޔާ ހިލާފު ތިން ލޯ ހުރި ހަރުފަ ހޯދިފައިވަނިކޮށް، އޭގެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަނީ މި ހަރުފަ މަރުވެފައެވެ.

އޮސްޓްރޭލިއާގެ ވަލުޖަނަވާރާ ބެހޭ އިދާރާއިން ބުނެފައިވަނީ، މި ހަރުފައި ގެ ތިން ލޯ ރަނގަޅަށް މަސައްކަތް ކުރި ކަމަށާއި، އަދި މިއީ ގުދުރަތީގޮތުން ޑީ.އެން.އޭ އަށް އަންނަ ބަދަލުތަކެއްގެ ސަބަބުން "ޖީން މިއުޓޭޝަން" އަށް އަންނަ ބަދަލެއްކަމަށެވެ.

މި ހަރުފައިގެ އެކްސްރޭ އިން ދެއްކި ގޮތުގައި މި ހަރުފައިގެ ބޮލަކީ ވަކިން ގުޅިފައިވާ ދެ ބޯ ނޫންކަމަށާއި، ނަމަވެސް ހަރުފައިގެ ބޮލުގެ ކަށިގަނޑުގައި ރަނގަޅަށް މަސައްކަތްކުރާ އިތުރު ލޮލެއް އުފަދިފައިވާކަމަށް މި ހަރުފައިގެ 3 ފޮޓޯއެއް މީސްމީޑިއާ އާއި ހިއްސާކުރައްވަމުން އެ އިދާރާއިން ބުނެފައިވެއެވެ،

ތިން ލޯ ހުރި ހަރުފައިގެ މި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުންއަންއިރު، މި ފޮޓޯ 13000 އަށް ވުރެ ގިނަ މީޙުން ފޭސްބުކް އިން ޝެއަރ ކޮށްފައިވާއިރު، 8000 އަށް ވުރެ ގިނަ މީހުން ވަނީ މި ފޮޓޯއަށް ކޮމެންޓްކޮށްފައެވެ.

3 ލޯހުރި ހަރުފައެއް އަލަށް ހޯދިފައިވާއިރު، މިދިޔަ އަހަރު ވަނީ ދެ ބޯ ލިބިފައިވާ ހަރުފައެއް ފެނިފައެެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ