އުއްތަމަ ފަނޑިޔާރަކަށް ހަމަޖެއްސި ޓެންކޫ މައިމޫން ޓުއާން މަތު

މެލޭޝިއާގެ އުއްތަމަ ފަނޑިޔާރަކަށް އަންހެނަކު ހަމަޖައްސައިފި

މެލޭޝިއާގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެނަކު ހަމަޖަައްސައިފިއެވެ.

މެލޭ މުސްލިމް ދަރިކޮޅުގެ މީހެއް ކަމަށްވާ ޓެންކޫ މައިމޫން ޓުއާން މަތު ހަމަޖެއްސިކަން ބޮޑު ވަޒީރުގެ އޮފީހުން އިއުލާންކުރީ އިއްޔެއެވެ. ބޮޑު ވަޒީރުގެ މަޝްވަރާގެ މަތިން އުއްތަމަ ފަނޑިޔާރު ކަނޑައަޅަނީ މެލޭޝިއާގެ ރަސްގެފާނެވެ.

ވޭތުވެދިޔަ އަހަރުތަކުގައި މެލޭޝިއާގެ މަތީ ކޯޓުތަކަށް އަންހެން ފަނޑިޔާރުން ހަމަޖައްސާ އަދަދު އިތުރު ކުރަން ފަށައިފައިވާއިރު، އުމުރުން 59 އަހަރުގެ ޓެންކޫ މައިމޫން ވަނީ ޔުނިވާސިޓީ މެލަޔާ އިން 1982 ވަނަ އަހަރު ގާނޫނީ ދާއިރާ އިން ޑިގްރީއެއް ހާސިލް ކުރައްވައިފަ އެވެ. އަދި އެކަމަނާ ވަނީ ޖެނުއަރީ 8، 2013 ގައި ކޯޓް އޮފް އެޕީލްގެ ފަނޑިޔާރަކަށް ހަމަޖައްސައިފައިވާއިރު ފެޑެރަލް ކޯޓުގެ ފަނޑިޔާރަކަށް ބަދަލުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ.

ރިޓަޔާ ކުރަން ޖެހޭ އުމުރު ކަމަށްވާ 66 އަހަރު ވަންދެން ޓެންކޫ މައިމޫން އަށް ޖުލައި 2، 2025 އާ ހަމައަށް އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވޭނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ