ރަހީނުކޮށް ފައިސާ އަތުލިކަމުގެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

ލ. ގަމުގައި މިދިޔަ ބުރާސްފަތި ދުވަހު މީހަކު ރަހީނުކޮށް ފައިސާ އަތުލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ލ. ގަމުގައި 44 އަހަރުގެ މީހަކު ރަހީނުކޮށް، އޭނާގެ އަތުން 8،900ރ. ފޭރިގެން އޭނާ ދޫކޮށްލުމަށް ފަހު އަނެއްކާވެސް އޭނާއަށް ބިރު ދައްކައިގެން ފައިސާ ހޯދަން އުޅެނިކޮށް ރޭ އެ ރަށުން 19 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި 44 އަހަރުގެ މީހާ އަތުން ފޭރިގަތުމަށް ފަހު އޭނާ ދޫކޮށްލީ، އިތުރަށް ފައިސާ ދޭން އެއްބަސް ކުރުވުމަށް ފަހު އެވެ. އެ މީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް މީހުން ރަޙީނުކޮށްގެން ފައިސާ ފޭރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު މާލޭގައި ބަންގްލަދޭޝްގެ 29 އަހަރުގެ މީހެއް ރަހީންކޮށް އޭނާގެ ރައްޓެއްސަކަށް ގުޅައި، 40،000 ދިވެހި ރުފިޔާ ދިނުމަށް ޑިމާންޑުކޮށް، އެ ފައިސާއާ ހަވާލުވާން ދިޔަ ބިދޭސީ ފިރިހެނަކު ކެންގަރޫ ކިޑްސް ކައިރިން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ