މުޅި ދުނިޔެ އެކަމަކަށްޓަކައި އިންތިޒާރުކުރަމުންދިޔަ އިންތިޒާރީގެ ނިމުން އައިސްފިއެވެ. ދާދި ދެންމެއަކު ޕުރިންސް ހެރީގެ އަނބިކަނބަލުން މެގަން ވިހައިފިއެވެ. އިނގިރޭސި ޝާހީ އާއިލާގެ މި ދެކަނބަލުންނަށް ލިބުނީ ފިރެހެން ކުއްޖެކެވެ.
ބެކިންހަމް ޕެލަސައިން ބުނެފައިވަނީ މޭގަން އަދި ލިބުނު ކުޑަ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށާއި، މޭގަން ވިހާއިފައިވަނީ އިނގިރޭސި ވިލާތު ގަޑިން މިއަދު ހެނދުނު 5:26 ގައި ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މޭގަން ވިހާފައިވަނީ ފުރޮގްމޯރް ކޮޓޭޗުގައެވެ. އަދި ލިބުނު ފިރެހެން ދަރިފުޅަށް ކިޔާނެ ނަމެއް ނިންމައިފައެއް ނުވެއެވެ. މި ލިބުނު ފިރެހެން ދަރިފުޅު ވެގެންދާނީ އިނގިރޭސި ކުއީންގެ އަށްވަނަ މާމަ ދަރިކަލުންނަށެވެ.
މޭގަން އާއި ޕްރިންސް ހެރީއަށް ލިބުނު ދަރިފުޅުގެ ހާލު ރަނގަޅުކަމަށް ޕްރިންސް ހެރީ ބުނެފައިވާއިރު، ބަރުދަނުގައި 3.2 ކިލޯ ހުރި ކަމަށް މަސްދަރުތަކުން ބުނެއެވެ. އަދި މި އުފާވެރި ޚަބަރު ޝާހީ އާއިލާގެ ހުރިހާ ފަރާތަކަށް ދީފައިވާއިރު، އެކަމާއި ގުޅިގެން އާއިލީ ހަފްލާއެއް ބޭއްވުމަށްވެސް ތައްޔާރުވަމުންދާ ކަމަށް ނޫސްތަކުގައި ބުނެފައި ވެއެވެ.
މިއީ ރާނީ އެލިޒަބެތްގެ އަށްވަނަ މުނި މާމަ ދަރިއެވެ.



