ނައިޖީރިއާގެ ނައިބްރައީސް ޔެމީ އޮސިންބަޖޯ ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓިއްޖެއެވެ. ނަމަވެސް މިހާދިސާގައި އެއްވެސް ގެއްލުމެއް ނުލިބި ނައިބްރައީސް ވަނީ ސަލާމަތް ވެފައެވެ.
އެހާދިސާއަށް ފަހު އޮސިންބަޖޯ ވަނީ މާގިނަ އިރުތަކެއް ނުވެ ތަގުރީރެއް ދެއްވާފަ އެވެ. އަދި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އެންމެން ވެސް ސަލާމަތްވި ކަމަށް ވިދާޅުވެފަ އެވެ.
ޔެމީ އޮސިންބަޖޯ ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓިފައި މިވަނީ، އޯލް ޕްރޮގްރެސިވް ކޮންގްރެސް ޕާޓީގެ ކެމްޕެއިނަށް ދަތުރު ކުރައްވަމުން ގެންދަވަނިކޮށެވެ.
ނައިޖީރިއާގެ އާއްމު އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.