ގޭމް އޮފް ތުރޯންސްގައި އޮޅިގެން ހިމެނިފައިވާ ކޮފީ ތަށި - ފޮޓޯ: އެންޓަޓެއިންމެންޓް ޓުނައިޓް

ގޭމް އޮފް ތުރޯންސް ސީޒަން 8 ގެ 4 ވަނަ އެޕިސޯޑުގައި ކޮފީ ތައްޓެއް

ދުނިޔޭގެ އެންމެ މަޤުބޫލް ޓީވީ ސީރީސް އެއްކަމަށްވާ ގޭމްއޮފް ތޮރޯންސްގެ ފައިނަލް ސީޒަން މިހާރުވަނީ ދައްކަންފަށާފައެވެ.

ސީޒަންގެ 8 ގެ ކޮންމެ އެޕިސޯޑަކަށްވެސް ކެތްތެރިކަމާއެކު އިންތިޒާރުކުރަމުންދިޔަ ސަޕޯޓަރުންނަށް އާދަޚިލާފު މަންޒަރެއް އެޕިސޯޑް ހަތަރަކުންވަނީ ފެނިގެން ގޮސްފައެވެ.

އެޕިސޯޑު ތިނެއް "ލޯންގް ނައިޓް" ނިމިގެންދިޔައީ އުންމީދުނުކުރާ އެތައް ބަޔަކު މަރުވެގެންނެވެ. އެއްގަޑިއިރަށްވުރެ ގިނަ ވަގުތު ކަޅު އަނދިރި ސްކްރީނަށް ބަލަށް ހުރުމަށްފަހު ހަނގުރާމައިން ލިބުނު ކާމިޔާބީއަށްފަހު ކަންތައް ވާނޭ ގޮތުގެ އިންތިޒާރުގައި ހުރި ސަޕޯޓަރުންނަށް މިވަނީ އެޕިސޯޑު 4 ބަލާލުމުގެ ފުރުޞަތުލިބިފައެވެ.

މިއެޕިސޯޑުގައި "އާމީ އޮފް ޑެތު"އާއި ކުރެވުނު ވަރުގަދަ "ދަ ގްރޭޓް ވާ" ކާމިޔާބުކުރުމަށްފަހު އެތަށް ބަޔަކު އުފާކުރުމަށް ވިންޓަފެލްގައި އޮންނަ ޢީދެއްގައި ބައިވެރިވާ މަންޒަރު ދައްކައެވެ. ޓޯމުންޑްއާއި އޭނާގެ މީހުން ޖޯން ސްނޯއަށް ތަޢުރީފުކޮށް މައްލަވަ ކުރާތަށް ބަލަން މަދާ އޮފް ޑްރެގަން ހުންނަތަން މިއެޕިސޯޑުގައި ފެނިގެން ދާއިރު މަދާ އޮފް ޑްރެގަން ކުރިމަތިން ސްޓާބަކްސް ކޮފީ ތައްޓެއް ފެންނަން ހުރެއެވެ.

ވިންޓަފެލްގައި ބޭއްވުނު ޢީދުގެ ތެރެއިން - ފޮޓޯ: ސީނެޓް

އޮޅުމަކުން ހިމެނިފައިހުރި މިކޮފީ ތައްޓަކީ ހަމަ އަސްލުވެސް މަދާ އޮފް ޑްރެގަން މިވަގުތު ކޮންމެހެންވެސް ބޭނުންވާ އެއްޗަކަށްވެސް ވެދާނެއެވެ. އެއީ ޖޯން ސްނޯއަކީ އަސްލު ކާކުކަން ޑެނޭރިއަސްއަށް ވަނީ ހަނގުރާމައިގެ ކުރިން އެނގިގެން ގޮސްފައެވެ. އަދި 7 ކިންގްޑަމްގެ އަސްލު ޙައްޤުވެރިއަކީވެސް ޖޯން ސްނޯކަންވަނީ އެނގިގެން ގޮސްފައެވެ. އަދި މިސިއްރު ދަނީ އެކިމީހުންނަށް ފަޅާ އަރަމުންނެވެ.

ޖޯން ސްނޯ މިރަސްކަން ކިތައްމެ ބޭނުން ނުވިއަސް ރައްޔިތުން އޭނާއަށް އެކަމަށް މަޖުބޫރުކުރާނެކަން ޑެނޭރިއަސްއަށް ޖޯން ސްނޯ ގާތު ބުނަމުންދެއެވެ. އަދި ޖޯސް ސްނޯގެ އަސްލު ސިއްރުކުރުމަށްއެދެއެވެ. ޖޯން ސްނޯއާއެކު އޮންނަ ލޯބީގެ ގުޅުން ދަމަހައްޓަށް ބޭނުންވާ ޑެނޭރިއަސްއަށް އަލަށް ލިބުނު މިމަޢުލޫމާތާއެކު އެނާއަކީ ޖޯން ސްނޯގެ ބޮޑުދައިތައެއްކަންވަނީ އެނގިގެން ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ