މާލެއިން އިތުރު 22 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެކަން އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ދެންމެ ވިދާޅުވީ މިއަދު މެންދުރު 14:00 ހައި އިތުރު 22 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާކަމަށެވެ. ދެންމެ މި ޕޮޒިޓިވްވި 22 މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގުލަދޭޝް 4 މީހުންނާއި އިންޑިއާ މީހަކާއި ނޭޕާލު މީހެކެވެ.

މިއާއިއެކު ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިވަނީ 766 އަށް އަރާފައެވެ.

ކޮވިޑް-19 އަށް މިއަދު އައްޑޫ ސިޓީ ހުންނަ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހަކު އިތުރު ފަރުވާއަށް މާލެ ގެނައިރު އޭނަވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިއާއިއެކު އައްޑޫ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެެއް އުޅެދާނެކަމަށް ބަލާފައި އައްޑޫ ސިޓީ ވަނީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންވެސް ކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ