ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކޯލް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ވެމްކޯ މިކަން މިއަދު ޓްވީޓަކުން ހާމަކޮށްފައިވާއިރު، އެކުންފުނީގެ މުވައްޒަފު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އިއްޔެކަމަށްވެސް ބުނެފައިވެއެވެ. އަދި އެކަމާއި ގުޅިގެން މީހުން އައިސޮލޭޓްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅާފައިވާކަމަށްވެސް ވެމްކޯގެ ޓްވީޓުގައި ހާމަކޮށްފައިވެއެވެ.
"ކުންފުނީގެ މެނޭޖްމަންޓްގެ ފަރާތުންނާއި ހުރިހާ ސްޓާފުންގެ ފަރާތުން ބައްޔަށް ޕޮޒިޓިވްވި މުވައްޒަފަށް އަވަސް ޝިފާއަކަށް އެދެން." ވެމްކޯގެ ޓްވީޓްގައިވެއެވެ.
? Announcement:
A staff working at our Call Center has tested POSITIVE to #COVIDー19 yesterday. We have taken immediate steps to isolate all other staff who may come into close contact. On behalf of the management and staff of WAMCO, we wish her a speedy recovery. pic.twitter.com/tpyqVTbade
— WAMCO (@WAMCOmv) May 9, 2020
ވެމްކޯއަކީ ފްރޮންޓްލައިންގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންތަކެއް އުޅޭ ކުންފުންޏެއް ކަމުން އެކުންފުނިންވަނީ ކޮވިޑް-19 އާއި ގުޅިގެން ދުރާލާ ފިޔަވަޅުތައް އަޅަންފަށާފައެވެ. އެގޮތުން ގޭގެއިން އުކާލާ ކުނި ކޮތަޅުަތައް ގޭގެ ބޭރަށް ނެރުމަށާއި، އުކާލާ ކުނި ދެކޮތަޅަށް ލުމަށްވެސް ވެމްކޯއިން އާންމުންގެ ފަރާތުން އެދިފައިވެއެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިހާރުވަނީ 766 އަށް އަރާފައެވެ.




