ވެރިންނަށް މުސާރަ ކުޑަކުރަން އިހްސާންގެ ޗެލެންޖެއް!

ކުންފުނިތަކުގެ ވެރިންގެ މުސާރަ ކުޑަ ކުރުމަށް ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހްސާންގެ ޗެލެންޖް ފައްޓަވައިފިއެވެ.

އިހްސާން ޓްވިޓާ މެދުވެރިކޮށް މި ޗެލެންޖް ފައްޓަވަމުން ވިދާޅުވެފައި ވަނީ، އޭނާގެ މުސާރައިން 43 އިންސައްތަ ކުޑަ ކުރުމަށް އޭނާ ނިންމާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެތަނުގެ [ހެޕީ މާކެޓުގެ] އެހެން މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެބިނެޓު މިނިސްޓަރުންނާއި މަޖިލީސް މެންބަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން މި ޗެލެންޖުގައި ބައިވެރިވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. އަދި ހާއްސަކޮށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މި ޗެލެންޖް ގަބޫލު ކުރެއްވުމަށް އިހުސާން ވަނީ އެދިވަޑައިގެންފައެވެ.

އިހްސާންގެ އެ ޗެލެންގް ގަބޫލުކުރައްވައި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ނާޒިމް ވިދާޅުވީ، އިހްސާންގެ މުސާރަ ކުޑަ ކުރުމުގެ ޗެލެންޖް ގަބޫލުކޮށް، މުސާރައިން 50 އިންސައްތަ ކުޑަ ކުރުމަށް ނިންމާފައިވާ ކަަމަށެވެ. އަދި އޭނާ ވަނީ ރިޕަބްލިކް އިންޖީނިއަރިންގ މޯލްޑިވްސް މެނޭޖިންގ ޑިރެކްޓަރ އެ ޗެލެންޖްގައި ބައިވެރިވުމަށް ނޮމިނޭޓް ކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ