މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން | ފޮޓޯ : ޕޮލިސް

ހެކި ނެތްކަމަށްބުނެ ހަމަލާދިން މީހުން ދޫކޮށްލީ ޕީޖީ އިން: ފުލުހުން

ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން ދޫވެފައިވަނީ ދައުވާ ކުރާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)އިން އެ މައްސަލާގައި ދައުވާ ނުކުރުމުން ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭ މަގުމަތިން ޗައިނާގެ ދެ މީހަކާއި އޮސްޓްރޭލިއާގެ މީހަކަށް ދިން ހަމަލާއާ ގުޅިގެން އަށް މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އަދި އޭގެ ތެރެއިން ހަތަރު މީހުންނަކީ ސީދާ ގޮތުން އެކަމުގައި ބައިވެރިވެފައިވާ މީހުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި ހަމަލާއަކީ ރ. މަޑުއްވަރީގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިރޭ ވިދާޅުވީ، ހުޅުމާލޭގައި ތިން ބިދޭސީއަކަށް ވަޅިން ހަމަލާދިން މައްސަލާގައި ބަންދުކުރެވިފައިވާ މީހުންގެ ތަހުގީގް ފުރިހަމަށް ކުރުމަށްފަހު ދައުވާ ކުރުމަށް ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ފުލުހުން ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށައެޅިކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލާގައި ފުލުހުންގެ ތަހުގީގައް ހޯދާފައިވާ ހެއްކާއިގަރީނާތަކުގެ މައްޗައް ދައުވާކުރެވެންނެތްކަމަށް ނިންމުމާއި ގުޅިގެން މި މައްސަލާގައި ބަންދުކޮށްފައިތިބި މީހުން ވަނީ ބަންދު ދޫކުރެވިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މިމައްސަލައާއި ގުޅިގެން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެހާ ބޮޑު ތުހުމަތެއްގައި ހައްޔަރުކޮށް، އަދި އޭގެ މައުލޫމާތުތައް ވެސް ފުލުހުން ބޮޑެތި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ހާމަ ކޮށްފައި ވާއިރު އެމީހުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބިކަން ހާމަވީ އެ އަށް މީހުންގެ މައްޗަށް ހައިކޯޓުން މޮނިކޮން އަމުރު ނެރުމާ ގުޅިގެންނެވެ. ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު މޮނިކޮން ނެރެ އަށް މީހުންގެ ފައިގައި ޓެގް އަޅުވައިގެން ބެލެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ