އިތުރު 19 މީހުން ޕޮޒިޓިވްވެ، އަދަދު 785 އަށް

ދިވެހިރާއްޖެއިން އިތުރު 19 މީހުން ނުރައްކާތެރި ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު މިހާރު 785 ކަށް އަރައިފައި ވާކަމަށެވެ.

މި އަދަދުތަކަށް ބަލާއިރު، އެޗްޕީއޭއިން އެންމެ ފަހުން ޓްވީޓްކުރި ހިސާބުން ފެށިގެން އިތުރު 19 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވީ 785 މީހުންގެ ތެރޭގައި ހިމެނެނީ 257 ދިވެހިންނާއި، 528 ބިދޭސީންނެވެ. މި ބައްޔަށް29 ފަރާތަކަށް ރާއްޖެއިން ޝިފާ ލިބިަފއިވާއިރު، މި ބަލީގައި ދެ ދިވެހިންނާއި ބިދޭސީއަކު ވަނީ ރާއްޖެއިން ނިޔާވެފައެވެ.

މިހާތަނަށް ރާއްޖެއިން 11775 ޓެސްޓް ކޮވިޑް-19 އަށް ކުރެވިފައިވާއިރު، މިވަގުތު ޕެންޑިންގައި ހުރީ 438 ސާމްޕަލްއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގައި 5180 ފަރާތެއް ފާހަގަކުރެވިފައިވާއިރު، މިވަގުތު ޓެސްޓް ކުރަމުންދަނީ ޑައިރެކްޓް ކޮންޓެކްޓްސްގެ ތެރެއިންވެސް ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކަށް އިސްކަންދީގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ