ރައްރަށުގެ ކަރަންޓީން ފެސިލިޓީތަކަށް މިވަގުތު މީހުން ނުފޮނުވާނެ: މަބްރޫކް

ރައްރަށުގެ ކަރަންޓީން ފެސިލިޓީތަކަށް މިވަގުތު މީހުން ނުފޮނުވާނެ ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އިތުރު ގޮތެއް ނިންމެންދެން ރައްރަށަށް މީހުން ދިއުމުގައި ހަމައެކަނި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތައް އެކަނި ކަމަށެވެ.

"މީގެ މާނައަކީ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް މިހާރު ނެގިފައިހުރި ރިސޯޓުތަކުގެ ޖާގަ ހުރި މިންވަރަކުން އެތަންތަނަށް މީހުން ގެންގޮސް 14 ދުވަސް ހަމަވުމުން ޓެސްޓު ހެދުމަށް ފަހުގައި ނޫނީ އެބޭފުޅުންނަށް ރަށަކަށް ވަޑައި ނުގެންނެވޭނެ" މަބްރޫކް ވިދާޅުވިއެވެ.

ރައްރަށުގެ ކަރަންޓީން ފެސިލިޓީތަކަކަށް އެއްވެސް މީހަކު ނުދާނެކަން ޔަގީން ކޮށްދެމުން މަބްރޫކް ވިދާޅުވީ، މާލޭގައި ހާލުގައި ޖެހިފައިވާ ރައްތަކުގެ މީހުން އެމީހުންގެ އުފަން ރައްތަކަށް ގެންދިއުމުގެ ސްޓްރެޖީ މިގޮތަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މާލެއިން މީހަކަށް ބޭރުވެވޭނީ ހާއްސަ ހުއްދައަކާއި އެކީގައި ކަމަށެވެ.

ލޯކަލް ގަވަރމެންޓް އޮތޯރެޓީގެ ފަރާތުން މާލޭގައި ހާލުގައި ޖެހި ރަށަށްދާން ބޭނުންވެފައި ތިބި މީހުންގެ މައުލޫމާތު މިހާރު އެއްކޮށްފައިވާއިރު މިމީހުން ރަށްތަކަށް ގެނެސް ކަރަންޓީން ކުރާނެ އެކަށީގެންވާ ތަންތަން ރައްތަކުގައި ނެއްކަމަށް ވަރަށް ގިނަ ކައުންސިލް ތަކުން އަންނަނީ ބުނަމުންނެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކްވަނީ ރައްތަކަށް މިބަލި ނުދިއުމަށް ސަރުކާރުން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ފުރައްސާރަ

    Ungoofaarah genedfseothy karanteen fesilityehgahuri meeheh

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ