ބަދިގެތެރޭން މިއަދު މިގެނެސްދެނީ އެޕަލް ޕީނަޓް މިލްކްޝޭކް ތައްޔާރު ކުރާނެގޮތެވެ.
ބޭނުންވާތަކެތި:
1 އާފަލު (ކިއުބްކޮށް ކޮށާލާފައި)
2 ސަމްސާ ހަކުރު
ސައިސަމްސާ ޕީނަޓް (ޗިސްކޮއްފައި)
2 އައިސް ކިއުބް
1 ޖޯޑު ކިރު (200އެމްއެލް)
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ އާފަލު، ހަކުރު، ޕީނަޓް އައިސްކިއުބް އަދި ކިރު މިކްސްޗާރ ގައި ރަނގަޅަށް މިކްސް ކޮއްލާށެވެ. ދެން ތައްޓަކަށް އާޅާލުމަށްފަހު ބޭނުންނަަ ތަށީގެ މައްޗަށް ޕީނަޓް ކޮޅެއް ބުރުވާލެވިދާނެއެވެ.
މިހާރުމިވަނީ އެޕަލް ޕީނަޓް މިލްކްޝޭކް ތައްޔާރުކޮށް ނިމިފައެވެ.



