"ކީޕިން އަޕްވިތް ދަ ކާޑޭޝިއަންސް" ނެޓްފިލްކްސް އަށް އަންނަނީ!

ލޮކްޑައުންއާއި ގުޅިގެން އެންމެ ބާރުބޮޑު އޮންލައިން ސްޓްރީމިން ޕްލެޓްފޯމަކީ، ނެޓްފިލްކްސް އެވެ. އަދި އެއާއެކު، ނެޓްފިލްކްސް އިން މުދަވަސްވަރު ދަނީ، އެމީހުންގެ ފިލްމް އަދި ސީރީޒްތަކުގެ ލިސްޓް ބޮޑު ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީ އާއިލާ ކަމުގައިވާ ކާޑޭޝިއަން-ޖެނާގެ އާއިލާ އާއި ބެހޭގޮތުން، އަންނަ ރިއަލިޓީ ޝޯ، "ކީޕިން އަޕްވިތް ދަ ކާޑޭޝިއަންސް" ނެޓްފިލްކްސްއަށް އަންނަން އުޅޭކަން ހާމަކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު ނެޓްފްލިކްސް އިން މި ޙަބަރު އިއުލާންކުރި އިރު، ނެޓްފިލްކްސް އަށް އަންނަނީ، "ކީޕިން އަޕްވިތް ދަ ކާޑޭޝިއަންސް"ގެ ފުރަތަމަ ދެ ސީޒަންއެވެ. އެހެންކަމުން، ގޭގައި ފޫހިވެފައި ތިބި ކާޑޭޝިއަންސް ގެ ފޭނުންނަށް ވަރަށް އުފާވެރި ވާހަކައަކަށް މި ޙަބަރު ވެގެންދާނެއެވެ.

މި ޝޯ، ނެޓްފްލިކްސް އަށް އަންނާނީ ޖޫން 1 ގައެވެ. އެހެންނަމަވެސް، މި ޝޯ އަންނަނީ، ނެޓްފިލްކްސްގެ ޔޫކޭ ރީޖިއަން އަށެވެ.

"ކީޕިން އަޕްވިތް ދަ ކާޑޭޝިއަންސް" ގެ ފުރަތަމަ ސީޒަން ދައްކަން ފެށީ، 2007 ވަނަ އަހަރުއެވެ. އޭރު، މި އާއިލާގެ އެންމެ ހަގު ދެ ތަރިންކަމުގައިވާ، ކެންޑަލް ޖެނާ އަދި ކައިލީ ޖެނާ އަކީ ކުޑަ ކުދިންނެވެ. މިހާރު ކައިލީ އަކީ، ދުނިޔޭގެ އެންމެ ހަގު އަންހެން ބިލިއަނަރުގެ، އިތުރުން އަންހެން ކުއްޖެއްގެ މަންމަވެސް މެއެވެ. އަދި ކެންޑެލް އަކީ، ދުނިޔޭގެ އެންމެ އުސް ހަރުފަތުގައި ހުރި މޮޑެލް އެކެވެ.

މިހާރުވެސް މި ޝޯ ދައްކަމުން އަންނައިރު، މިއީ ކާޑޭޝިއަން އާއިލާގެ ސިއްރުތަކާއި، އަމިއްލަ ދިރިއުޅުން ވަރަށް ގާތުން ދައްކަައިދޭ ރިއަލިޓީ ޝޯއެކެވެ. މިހާރު މި ޝޯގެ 17 ސީޒަން އެއް ދައްކާފައިވާއިރު، މިހާރު ދައްކަމުން އަންނަނީ 18 ވަނަ ސީޒަން އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ