މާލެއިން އިތުރު 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ދެންމެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިރޭ ޕޮޒިޓިވްވެފައިވަނީ 20 ބިދޭސީންނާއި ފަސް ދިވެހިން ކަމަށެވެ. 20 މީހުންވެސް ނިސްބަތްވަނީ ބަންގްލަދޭޝްއަށް ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެެވެ.
މިރޭ ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 790 އަށް އަރާފައެވެ.
މިހާތަނަށް ރާއްޖެއިން 11775 ޓެސްޓް ކޮވިޑް-19 އަށް ކުރެވިފައިވާއިރު، މިވަގުތު ޕެންޑިންގައި ހުރީ 438 ސާމްޕަލްއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގައި 5180 ފަރާތެއް ފާހަގަކުރެވިފައިވާއިރު، މިވަގުތު ޓެސްޓް ކުރަމުންދަނީ ޑައިރެކްޓް ކޮންޓެކްޓްސްގެ ތެރެއިންވެސް ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކަށް އިސްކަންދީގެންނެވެ.




ހިޔާލު
ހެޔޮނުވާނެ! މި ބަންގާޅީން ތައް މި ގައުމުން ބޭރުކޮށްބަލަ. މިނޫނީ އަމިއްލަ ގައުމަށް ވުރެ އެހެން ގައުމެއްގެ ބަޔަކު ގިނައިން ޕޮޒިޓިވް ވާ ގައުމެއް ދުނިޔޭގައި ނެއް.