ހުޅުމާލޭގައި ފަތުވެރިންތަކަކަށް ނިރުބަރެރި ހަމަލާ ދިން މީހުން ދޫކޮށްލީ ނުފޫޒު ގަދަ ބަޔަކު އަޑީގައި ތިބެ ރާވައިގެން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝާޙީމް ޢަލީ ޝައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު ވިދާޅުވެފައިވަނީ އެމީހުން މިނިވަން ކުރުމުން، އެ އަމަލަކީ ނުފޫޒު ގަދަ ބަޔަކު އަޑީގައި ތިބެ ރާވައިގެން، ރާއްޖޭގެ ދީނީ މީހުންނާއި ޢިލްމުވެރިންގެ ބޮލުގައި އަޅުވަން ހިންގި އަމަލެއްކަން ދޭހަވާކަމަށެވެ. ޝަހީމް ވިދާޅުވެފައިވަނީ އެހެން ނޫންނަމަ އެފަދަ އަމަލެއް ހިންގި ބަޔަކު ދޫވެގެން ނުވާނެ ކަމަށެވެ.
Fathuruverinah Nirubaveri Hamalaa dhin meeehun minivankurumun , e Amalaki nufoozungadha bayaaku adeegai thibe raavaigen ( Raajjeyge Dheenee meehunaai Ilmuverin) ge boluga alhuvan hingi Amaleh kan dheyha ve eve. Ehen noon nama e fadha Amaleh hingi bayaku dhoo vegen nuvaane eve.
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 9, 2020
މި އަހަރުގެ ކުރީކޮޅު ހުޅުމާލޭ މަގުމަތިން ޗައިނާ ދެމީހަކާއި އޮސްޓްރޭލިއާ މީހަކަށް ތޫނޫ އެއްޗަކުން ހަމަލާދިން މައްސަލާގައި ފުލުހުން ވަނީ 8 މީހަކު ހައްޔަރު ކޮށްފައެވެ. އަދި އޭގެ ތެރެއިން 4 މީހުންނަކީ ސީދާ ގޮތުން އެކަމުގައި ބައިވެރިވެފައިވާ މީހުންކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހަމަލާއަކީ ރ. މަޑުއްވަރީގައި ހަރުކަށި މީހުންނާއި ދެކޮޅަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް މިފަދަ ސީރިއަސް މައްސަލައެއްގައި ހައްޔަރު ކޮށްފައި ތިބި ބަޔަކު މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ހުރުމުން ގިނަ ބަޔަކު ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި މައްސަލާގައި ބަންދުކުރެވިފައިވާ މީހުންގެ ތަހުގީގް ފުރިހަމަށް ކުރުމަށްފަހު ދައުވާ ކުރުމަށް ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ފުލުހުން ޕީޖީ އޮފީހަށް ހުށައެޅާފައިވާނެކަމަށާއި، ނަމަވެސް ޕީޖީ އޮފީހުން، ފުލުހުންގެ ތަހުގީގައް ހޯދާފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗައް ދައުވާކުރެވެންނެތްކަމަށް ނިންމުމާއި ގުޅިގެން އެމީހުން ބަންދު ދޫކުރެވިފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އެމީހުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބިކަން ހާމަވެފައިވަނީ އެ އަށް މީހުންގެ މައްޗަށް ހައިކޯޓުން މޮނިކޮން އަމުރު ނެރުމާ ގުޅިގެންނެވެ.



