ދިވެހިރާއްޖެއިން އިތުރު 45 މީހުން ނުރައްކާތެރި ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (ޢެޗްޕީއޭ) އިން ވިދާޅުވީ، މިއަދު ހަވީރު 05:00 ގެ ނިޔަލަށް އިތުރު 45 މީހަކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި، ބަންގްލަދޭޝް އަށް ނިސްބަތްވާ 22 މީހުންގެ އިތުރުން ނޭޕާލްގެ ދެ މީހުންނާއި އިންޑިއާގެ ރައްޔިތެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ވިދާޅުވިއެވެ.
✳️ COVID-19 Case Updates
As of 05:00pm, confirmed an additional 45 cases of COVID-19 infection in Maldives.
Cases:
- 22 Bangladeshis
- 20 Maldivians
- 01 Indian
- 02 NepaleseTotal number of cases: 835
— Health Protection Agency (@HPA_MV) May 10, 2020
އިތުރު 45 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 835 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން 3 މީހަކު ނިޔާވެފައިވާއިރު، މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ބައްޔަށް ޝިފާ ލިބިފައިވަނީ 29 ފަރާތަކަށެވެ.
މި ބައްޔަކީ އަދި މިހާތަނަށް ފަރުވާއެއް، ވެކްސިނެއް ހޯދިފައިނުވާ ބައްޔަކަށްވާތީ ރައްކާތެރިވުމުގެ ގޮތުން ބައްޔަށް ހުށަހެޅިދާނެފަދަ ކަންކަމުން ވީހާވެސް ބޮޑަށް ދުރުހެލިވުމަށް ސަރުކާރުން ދަނީ އިލްތިމާސް ކުރައްވަމުންނެވެ.



