ކޮވިޑް-19 އާއި ގުޅިގެން މެލޭޝިއާގައި ތިބި ދިވެހިންނަށް އާސަންދައިން ލުއި ގޮތްތަކެއް

އާސަންދަ ކުންފުނިން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިން ބޭސް ފަރުވާގެ ޚިދުމަތް ހޯދުމުގައި ލުއި ފަސޭހަ ގޮތެއް ފަހި ކޮށްދޭން ގާއިމު ކޮށްފައިވާ "މެރަނަ" ސްކީމުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިން ބޭސް ފަރުވާ ކުރެވޭނެ ފަސޭހަ ގޮތެއް ހަމަޖައްސައިފިއެވެ.

އެކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނަނީ މެރަނަ ސްކީމްގެ ދަށުން ބޭސް ފަރުވާ ކުރަން ކަނޑައަޅާފައިވާ ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނަށް ދިއުމުގައި މިވަގުތު ދަތިތަކެއް ދިމާވެފައިވާ ކަމަށާއި ކޮވިޑް-19 އާއި ގުޅިގެން މެލޭޝިޔާގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން މެލޭޝިޔާގައި ދިވެހިން އުޅޭ ސްޓޭޓްތަކުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަކީ މެރަނަ ސްކީމްގެ ދަށުން ހިދުމަތް ހޯދި ދާނެ ތަންތަނުގެ ގޮތުގައި ހަމަޖައްސަން ނިންމާފަައިވާ ކަމަަށެވެ.

ދިރިއުޅޭ ސަރަހައްދާ 10 ކިލޯމީޓަރު ކައިރީގައި ސްކީމްގަައި ހިމެނޭ ސިއްހީ ހިދުމަތް ދޭ ސެންޓަރެެއް ނެތްނަމަ ބޭނުންވާ ހިދުމަތް ރަނގަޅު އަގެއްގައި ލިބެންހުރި ސިއްހީ ހިދުމަތްދޭ ތަނަކުން ހިދުމަތް ހޯދުމަށް ފަހު ހަރަދުވީ ތަފްސީލް އެނގޭނެ ބިލްތައް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަަށްވެސް އެކުންފުނިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ