ބަދިގެތެރޭން މިފަހަރު މި ގެނެސްދެނީ ކޭލު ސަރުބަތު ހަދާނެގޮތެވެ.
ބޭނުންވާ ތަކެތި:
* ފަސް ވަތް ކަށިކެޔޮ
* ހަ ޖޯޑު ފެން (ކަށިކެޔޮ މަޑުކުރަން)
* ތިން އިންޗީގެ ހަ ރާނބާ ފަތް ކޮޅު
* ހަތަރު މޭޒުމަތީ ސަމުސާ ހަކުރު
* އެއް ޖޯޑު ދިޔާ ކިރު (250 އެމްއެލް)
* 100 އެމްއެލް ގެރި ކިރު
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ކަށިކެޔޮ ސާފް ކޮށް ރަނގަޅަށް ދޮވެލުމަށްފަހު ތުނިކޮށް ލިޔާށެވެ. ދެން ތެއްޔަކަށް ހަ ޖޯޑު ފެން އަޅާ ލިޔުނު ކަށިކޭލާއި ، ރާނބާފަތް އަދި ހަކުރު އަޅާ ކަށިކެޔޮ މަޑުވަންދެން ކައްކާށެވެ. ކަށިކެޔޮ މަޑުވުމުން ހިހޫ ވީނމާ ކަށިކެޔޮކޮލު ވަކިން ނަގާ މިކްސްޗަރަށް އަޅާ ހިމުންކޮށް ކަށިކެޔޮ މަޑުކުރި ފެނާއި އެއްކޮށް ގިރާލުމަށްފަހު ފުރޭންޏަކަށް އަޅާ ފުރާނާފައި ކަށިކޭލުގެ ދިޔަ ނަގާށެވެ. ދެން ކަށިކޭލުގެ ދިޔަފޮދުގެ ތެރެއަށް ދިޔާ ކިރު އަދި ގެރިކިރު އަޅާ ގިރާލުމަށްފަހު އައިސް އަލަމާރީގައި ބަހައްޓާށެވެ. (ފޮނިރަހަ އެމީހަކަށް ރަނގަޅު ވަރަކަށް ބަހައްޓާށެވެ.)
މިހާރު މިވަނީ ކޭލު ސަރުބަތު ތައްޔާރުކޮށް ނިމިފައެވެ.