މަހެއް ފަހުން އަނެއްކާވެސް ވޫހާންއިން ކޮވިޑް-19 ގެ އާ ކޭސް އެއް

ކޮވިޑް-19 ގެ ފުރަތހަމަ ކޭސް މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީއިންނެވެ. އެއަށްފަހު އިތުރު ގިނަ ކޭސްތަކެއް ފެނުނުނަމަވެސް ފަހުން ހަމައަކަށްއެޅި އެސިޓީ ހުޅުވާލިތާ މަހެއް ފަހުން އަނެއްކާވެސް ފުރަތަމަ ފަހަރަށް އެ ސިޓީއިން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވް ވައިރަސް ކޮންޓްރޯލުކުރުމަށްޓަކައި ވޫހާން ލޮކްޑައުންކުރުމަށްފަހު ވައިރަސް ކޮންޓްރޯލްކޮޮށް ލޮކްޑައުންއިން ނަގައި ބޯޑަރު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ އަށްވަނަ ދުވަހުއެވެ.

އޭގެ މަހެއްފަހުން އިއްޔެ އަނެއްކާވެސް މިވަނީ ވޫހާންއިން 89 އަހަރުގެ މީހަކު ކޮވިޑް-19 އަށް ޕޮސިޓިވްވެފައެވެ. އެހެންކަމުން އެސަރަހައްދަށް  ވަދެ ނުކުމެ އުޅުން މިވަނީ މަނާ ކޮށްފަ އެވެ.

ޗައިނާގައި މިހާތަނަށް ކޮވިޑް19 ގައި 4000 ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ