ކޮބާ ޓްރޭސްއެކީ ފޯނަށް އަޅައިފިންތަ؟

ކޮވިޑް-19 ބައްޔަށް ޝައްކު ކުރެވޭ މީހަކާއި ގާތުން އެއްތާވެފައިވާނަމަ އެކަން ދެނެގަންނަން އެހީވެދޭނެ އެޕްލިކޭޝަން "ޓްރޭސްއެކީ" ފޯނަށް އަޅައިފިންހެއްޔެވެ؟ އެޗުޕީއޭގެ ކޮންޓެކްޓް ޓްރޭސިންގައި ބައިވެރިވެ އެމަސައްކަތަށް އެހީތެރިވެދިމަށް މި އެޕް ބޭނުން ކުރުން ވަރަށް މުހިންމެވެ. ކާމިޔާބުވުންގާތީ އެންމެން ގުޅިގެން ކުރާ މަސައްކަތުންކަން ޔަގީނެވެ. އަވަށް މި އެޕް ފޯނަށް އަޅައި އިންސްޓޯލް ކޮށްލާށެވެ. ތިބާ އާއި އަނެކާގެވެސް ރައްކަލަކަށްޓަކައެވެ.

އެޗުޕީއޭއިން ވިދާޅުވި ގޮތުގައި މިއެޕަކީ ސިންގަޕޫރުގެ “އޯޕަން ޓްރޭސް” ލައިބްރަރީގެ މައްޗަށް ބިނާކޮށް، ޙާއްޞަކޮށް ދިވެހި ޑިވެލޮޕަރުންގެ ޓީމަކުން، ރާއްޖެއަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. އަދި މި އެޕް ފަރުމާކޮށްފައިވަނީ ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަހުން ބޭނުންކުރެވޭ ގޮތަށް ތައްޔާރު ކުރެވިފައިވާ އެޕެއްކަމަށްވެސް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.

މިއީ ބްލޫޓޫތު ސިގްނަލް މެދުވެރިކޮށް، އެޕް ބޭނުންކުރާ އެހެން މީހުން ކާރީގައިވާނަމަ ދެނެގަނެވޭނެ ފަދަ އެޕެކެވެ. މިގޮތުން، ފޯނުގެ ބްލޫޓޫތް މެދުވެރިކޮށް މިނެޓަކު ދެތިންފަހަރު “ބީކަން” އެއް ފޮނުވާލައެވެ. މި ބީކަންގައި އެކުލެވިގެންވަނީ އެޕް ބޭނުންކުރާ ފަރާތައް ދޫކުރެވޭ އައިޑީ އެކެވެ. މި އައިޑީ އަކީ ކޮންމެ 15 މިނިޓަކުން ބަދަލުވާ އައިޑީއެކެވެ. އެހެންކަމުން ހަމަ ކޮންމެ ކޮންމެ މީހަކައް އެ ބީކަންއަކީ ކާކުގެ ބީކަން އެއް ކަމެއް ނޭނގޭނެއެވެ. ބީކަންއެއް ފެނިއްޖެނަމަ، “ޓްރޭސްއެކީ” އެޕް އޭގެ ރެކޯޑެއް ރައްކާކުރެއެވެ. ފާހަގަކޮއްލުން މުހިންމީ، މިގޮތުން ރައްކާކުރެވޭ މަޢުލޫމާތު އޮޓޯއިން އެޗްޕީއޭއަށް ނުފޮނުވާ ކަމެވެ. އަދި ރެކޯޑާއި އެކީ އިތުރު އެއްވެސް ޒާތީ މަޢުލޫމާތެއް، މިސާލަކަށް ލޮކޭޝަން ފަދަ މަޢުލޫމާތު އެޕް މެދުވެރިކޮށް ރައްކަލެއް ނުކުރެއެވެ. އެޕްގައި ޒާތީ މަޢުލޫމާތު ގެންގުޅޭ ގޮތުވެ ޕޮލިސީ، ވެބްސައިޓްގައި ޝާއިޢު ކޮއްފައި ވާނެއެވެ.
(https://trace.hpa.gov.mv/privacy.html)

އެޕް އިންސްޓޯލްކޮށްފައިވާ ފަރާތަކުން ބައްޔަށް ޝައްކުކުރެވޭނަމަ، އެޗްޕީއޭ އިން އެމީހަކަށް ގުޅައި، މި ޑޭޓާ އަޕްލޯޑް ކުރަން ރިކުއެސްޓުކުރާނެއެވެ. މި ޑޭޓާ އަޕްލޯޑު ކުރާނީ އެފަރާތުގެ ރުހުން ހޯދައިގެން، އެމީހެއްގެ އިޙްތިޔާރުގައެވެ. ޑޭޓާ ޑިކްރިޕްޓް ކުރުމަށްފަހު، އެމީހަކާއި ބައްދަލުވީ ކޮންބައެއްކަން ދެނެގަނެވޭނެއެވެ. އަދި މީގެތެރެއިން އެންމެ ރިސްކް ބޮޑީ ކޮންބައެއްކަން އެނގިގެންދާނެއެވެ.

މިފަދަ އެޕްތައް ދުނިއޭގެ އެހެން ޤައުމުތަކުގައިވެސް މިވަގުތު ބޭނުން ކުރެވެމުން އެބަދެއެވެ. އެޕްގެ ކާމިޔާބީ ބިނާވެފައިވަނީ ވީހާވެސް ގިނަ މީހުން މި އެޕް އިންސްޓޯލް ކޮށް ބޭނުންކުރުމާއެވެ. ޙާއްޞަކޮށް، އެކި ކަންކަމުގައި މިދުވަސްވަރު ބޭރުގައި އުޅޭ، ނުވަތަ މީހުންނާއި ބައްދަލުވާ ހާލަތުގައި ތިބި މީހުން މި އެޕް ބޭނުންކުރުން މުހިންމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ