ކޮވިޑް-19: އަމުރާ ޚިލާފުވި 157 މީހުން އިއްޔެ ޖޫރިމަނާކޮށްފި

ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ ފުރަބަންދުގެ އަމުރާ ޚިލާފުވެގެން އިއްޔެވެސް ގިނަ ބަޔަކު ހައްޔަރުކޮށް ބައެއް މީހުން ޖޫރިމަނާކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، އިއްޔެ އެކަނިވެސް ލޮކްޑައުންގެ އަމުރާ ޚިލާފުވި 07 މީހަކު ހައްޔަރުކޮށް، 157 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން މިހާތަނަށް ޖުމްލަ 187 މީހުން ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ލޮކްޑައުންގެ އަމުރާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން ހައްޔަރު ކުރަމުން ދިޔަ ނަމަވެސް، އަމުރާ ޚިލާފުވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. ނަަމަވެސް މިއީ މި ބަލިން ސަލާމަތްވުމަށް އެތައް ބަޔަކު ކެނޑިނޭޅި ކުރަމުންދާ ބުރަ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 4 މިލިއަނުން މައްޗަށް އަރާފައިވާއިރު ރާއްޖޭއިން މި ބައްޔަށް މިހާތަނަށް ވަނީ 800 އަށްވުރެ ގިނަމީހުން ޕޮސިޓިވްވެފައެވެ.

ދުނިޔޭގެ އެކި ހިސާބުން މިބަލީގައި އެތައްބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާއިރު ރާއްޖެއިން ކޮވިޑް-19 ޖެހިގެން 3 މީހަކުވަނީ ނިޔާވެފައެވެ.

މިހާތަނަށް އައިއިރު އެއްވެސް ކާމިޔާބު ވެކްސިންއެއް ހޯދިފައިނުވާއިރު ދުނިޔޭގެ އެއްވެސް ހިސާބެއްގައި މިބަލީގެ ބިރުވެރިކަން ކުޑަވެފައެއް ނުވެއެވެ. އެހެންކަމުން މިކަމުން ރައްކާތެރިވުމަށްޓަކައި ސިއްޙީމާހިރުންނާއި ކަމާބެހޭ އިސްވެރިން ދެއްވާ އިރުޝާދުތަކަށް ބޯލަނބަން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ