ދިވެހި ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 27 މާހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް ޕޮރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ދާދި ދެންމެ ވިދާދާޅުވެފައިވަނީ ކޮވިޑް-19 އަށް އިތުރު 27 މީހަކު ޕޮޒިޓިވްވެ، ދިވެހި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 862 އަށް އަރާފައިވާކަމަށެވެ.
އެގޮތުން މިއަދު ޕޮޒިޓިވް ވި 27 މީހުންގެ ތެރޭގައި ހިމެނެނީ 18 ބަންގްލަދޭޝް މީހުންނާއި، 09 ދިވެހިންނެވެ.
ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންނަށް ބަލާލާއިރު، އެންމެ ގިނައިން މިބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ބަންގްލަދޭޝް 478 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ދެވަނަ އަށް އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ދިވެހިންނެވެ. ދިވެހިންގެ 288 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި ރާއްޖޭގައި މިހާތަނަށް 30 މީހަކު ވަނީ މި ބަލިން ރަންގަޅުވެފައެވެ.
ދިވެހިރާއްޖޭގައި ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެން ފަށާފައިވާއިރު، މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ފިޔަވަޅު ތަކެއް އަޅާފައެވެ.




