ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ އޯރިއޯ މިލްކްޝޭކް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި:
- 4 ސްކޫޕް ވެނީލާ އައިސްކްރީމް
- 1 ޖޯޑު ކިރު
- 4 އޯރިއޯ ބިސްކޯދު
- ހަކުރު (ބޭނުންނަމަ)
- ވިޕިންކްރީމް( ބޭނުންނަމަ)
ތައްޔާރުކުރާނެ ގޮތް:
އޯރިއޯ ބިސްކޯދު، ހަކުރު (ބޭނުންނަމަ)، ކިރު ޖޯޑު އަދި އައިސްކްރީމް މިކްސްޗަރަށް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން ގިރާފައިހުރި އެއްޗެހި ތަށްޓަކަށް އެޅުމަށްފަހު އޭގެމަށްޗަށް އައިސްކްރީމް ނުވަތަ ވިޕިންގް ކްރީމް އަޅާލާށެވެ. އަދި ބޭނުންނަމަ އޭގެމައްޗަށް އޯރިއޯ ހިމުންކޮށްލުމަށްފަހު އެޅިދާނެއެވެ. މިހާރު މިވަނީ އޯރިއޯ މިލްކްޝޭކް ތައްޔާރުކޮށް ނިމިފައެވެ.



