ޖަލުން ނެގި ސާމްޕަލްގެ ތެރެއިން 22 ސާމްޕަލް ނެގަޓިވް

ޖަލުން ނެގި 36 ސާމްޕަލްގެ ތެރެއިން 22 ސާމްޕަލް ނެގަޓިވް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޖުމްލަ 36 ސާމްޕަލްއެއް ޖަލުން ނަގާފައިވާއިރު މިހާތަނަށް ނަތީޖާ ލިބިފައިވަނީވެސް 22 ސާމްޕަލްގެ ކަމަށާއި އެހުރިހާ ސާމްޕަލެއްގެ ނަތީޖާވެސް ވަނީ ނެގެޓިވް ވެފައިކަމަށް އިމްރާން ވިދާޅުވިއެވެ. ޖަލުން ނެގި ސާމްޕަލް ތަކުގެ ތެރެއިން ނަތީޖާ ނުލިބޭ 14 ސާމްޕަލްއެއް އަދި އެބަހުއްޓެވެ.

ކޯވިޑް-19 އަށް ޓެސްޓުކުރުމަށް ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލްތައް ނަގާފައިވަނީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެންނެވެ.

މީގެއިތުރުން އިމްރާން ވިދާޅުވީ، ޖަލުތަކުގައި ކެޕޭސިޓީ އަށް ވުރެ ގިނައިން ތިބިކަން އެއީ އެންމެންނަށް ވެސް އެނގޭ ކަމެއްކަމަށާއި، ކޮވިޑް ފެށުނީ އެކަމަކު އެކަމަށް ހައްލެއް ގެނައުމުގެ މަަސައްކަތްތަކުގެ ފެށުނު ވަގުތުކަމަށެވެ. ޖަލުތަކުގައި ބައިތިއްބަން ނުޖެހޭ މީހުން ޖަލުން ނެރުމަށް މި ސަރުކާރުން އިސްކަން ދޭކަމަށާއި، އެގޮތުން ޕެރޯލްގެ ތެރެއިން ވެސް މީހުން ދޫކޮށްލާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އިމްރާން ވިދާޅުވީ، ޕެރޯލް އިން ފުރުސަތު ދިނުމަށް ޓަކައި ޕްރޮގްރާމްތައް ވެސް ހިންގަމުން ގެންދާކަމަށެވެ.

ދިވެހި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 862 އަށް އަރާފައިވާއިރު، އެންމެ ގިނައިން މިބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ބަންގްލަދޭޝް 478 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ދެވަނަ އަށް އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ދިވެހިންނެވެ. ދިވެހިންގެ 288 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި ރާއްޖޭގައި މިހާތަނަށް 30 މީހަކު ވަނީ މި ބަލިން ރަންގަޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ