ރާއްޖެއައިސްތިބި ޓުއަރިސްޓުންތަކެއް - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

ރާއްޖެ އައިސް ކަރަންޓީނު ވެގެން ތިބުމަށްވެސް ޓުއަރިސްޓުން އެދޭ: މިނިސްޓަރު

ދިވެހިރާއްޖެ އައިސް، ރާއްޖޭގައި ކަރަންޓީނު ވެގެން ތިބުމަށްވެސް ބައެއް ޓުއަރިސްޓުން އެދޭކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ވަޙީދު ވިދާޅުވީ، ރާއްޖެއަށް އަންނަން ބޭނުންވެގެން ޓުއަރިސްޓުން މިހާރުވެސް ރިކުއެސްޓްކުރާކަމަށާއި، ރާއްޖެ އައިސް ރާއްޖޭގައި ކަރަންޓީނު ވެގެން ބޭނުންވެގެންވެސް ޓުއަރިސްޓުން ރިކުއެސްޓް ކުރަމުންދާކަމަށެވެ.

އަދި އުންމީދަކީ އަންނަ ޖުލައި ނުވަތަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓުއަރިޒަމް އަލުން ފެށުންކަމަށާއި، މިކަމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.

"ﷲ އިރާދަފުޅުން އެންމެން ގުޅިގެން ރާއްޖޭގެ ޓުއަރިޒަމް އަލުން ކޮޅަށް ޖަހާނަން." ޢަލީ ވަޙީދު ވިދާޅުވިއެވެ.

މީގެއިތުރުން ޢަލީ ވަޙީދު ވިދާޅުވީ، ޤަވާޢިދުތައް އިސްލާޙުކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށާއި، އަލުން ޓުއަރިޒަމް ފަށައިގެންދާއިރު އެންމެ ފުރަތަމަ ޓުއަރިސްޓް އަންނަ ދުވަހު 'ޓުއަރިޒަމް އެމްޕްލޯއީސް އެޕްލިކޭޝަން' ލޯންޗު ކުރެވޭނެކަމަށެވެ.

އަދި މިއީ ރިޒޯޓްތަކުގެ ސްޓޭންޑާޑު ރަނގަޅުކޮށް އަދި ޓުއަރިޒަމް އިންޑަސްޓްރީ އިތުރަށް ހަރުދަނާ ކުރުމަަށް ލިބޭ ފުރުޞަތެއްކަމަށް ބެލުމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ