އަލީ ވަޙީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ | ފޮޓޯ: ރައީސް އޮފީސް

މިއީ ޓުއަރިޒަމް އިންޑަސްޓްރީ އިތުރަށް ހަރުދާނަކުރުމަށް ލިބޭ ފުރުޞަތެއް: ޢަލީ ވަޙީދު

ކޮވިޑް-19 އާއި ގުޅިގެން ގިނަ ޤައުމުތަށް ލޮކްޑައުންކޮށް ދަތުރުފަތުރުކުރުން މަނާކޮށްފައިވާއިރު، މިއީ ޓުއަރިޒަމް އިންޑަސްޓްރީ އިތުރަށް ހަރުދާނަކުރުމަށް ލިބޭ ފުރުޞަތެއްކަމަށް ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ވަޙީދު ވިދާޅުވީ، މިއީ ޓުއަރިޒަމް އިންޑަސްޓްރީ އިތުރަށް ހަރުދާނަކުރުމަށް ލިބޭ ފުރުޞަތެއްކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާނީ ރާއްޖޭގެ ރައްޔިތުން އެކަމަށް ބޭނުންވުމުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާލަތުން އަރައިގަތުމަށް އެންމެ މުހިންމީ އެއްބައިވަންތަކަން." މިނިސްޓަރު ވިދާޅުވިއެވެ.

އަދި އުންމީދަކީ އަންނަ ޖުލައި ނުވަތަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓުއަރިޒަމް އަލުން ފެށުންކަމަށާއި، މިކަމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.

އަދި ޓޫރިޒަމް އަލުން ފަށައިގަންނާނީ ކިހިނެއްތޯ ބެލުމަށް ކަރުދާހެއް ތައްޔާރުކޮށް މިހާރު ރައީސް އޮފީހަށް ހުށަހަޅައިފައިވާކަމަށާއި، އެ ކަރުދާހާ މެދު ގޮތެއް ނިމުމަށް ފަހު ޓޫރިޒަމް އަލުން ފަށާނީ މި ސިނާއަތުގެ ތަޖުރިބާކާރުންނާ މަޝްވަރާކުރުމަށް ފަހުކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، ރާއްޖެއަށް އަންނަން ބޭނުންވެގެން ޓުއަރިސްޓުން މިހާރުވެސް އަންނަނީ ރިކުއެސްޓްކުރަމުންނެވެ. އެގޮތުން ރާއްޖެ އައިސް ރާއްޖޭގައި ކަރަންޓީނު ވެގެން ބޭނުންވެގެންވެސް ގިނަ ޓުއަރިސްޓުން ރިކުއެސްޓް މިހާރުވެސް ރިކުއެސްޓްކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ