ބަދިގެތެރޭން މިފަހަރު މި ގެނެސްދެނީ ޕިއްޒާ ބިސްގަނޑު ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
- 8 ބިސް
- 1 މޭޒުމަތީ ސަމުސާ އޮރެގާނޯ
- 1 މޭޒުމަތީ ސަމުސާ އޮލީވް އޮއިލް
- 4 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް
- މުށެއްގެ ބްލެކް އޮލިވްސް
- 85 ގްރާމްގެ ޗީޒް (ގާނާފައި)
- ކުޑަ އަސޭމިރުސް ކޮޅަކާއި ރަހަލާވަރު ލޮނު ކޮޅެއް
ތައްޔާރުކުރާނެގޮތް:
އަސޭ މިރުސްކޮޅާއި އޮރެގާނޯއާއެކު ރަހަލާވަރަށް ލޮނު އަޅައިގެން ބިސް ކޮޅު ގިރުވާލާށެވެ. އަދި ތަވާ މަތީ ހޫނުކުރި އޮލީވް އޮއިލްކޮޅުމަތީ މަޑުގިނީގައި 4 ވަރަކަށް މިނަޓްވައްދެއް ކައްކާލައި ބިސްތައް ރޯފިލުވާލާށެވެ.
އެއަށްފަހު އުނދުންމަތިން ނަގައި ބިސްގަނޑު މައްޗަށް ޓޮމާޓޯ ސޯސް އަޅާށެވެ. ބޭނުންވާ ވަރަށް ޓޮމާޓޯ ސޯސް އެޅުމަށްފަހު ގާނާލެވިފައިވާ ޗީޒްގަނޑު ބިސްގަނޑުމަތީ އަތުރާލާށެވެ. އަދި ބްލެކް އޮލިވްސް ކޮޅުވެސް މުޅި ބިސްގަޑަށް ފެތުރޭ ގޮތަށް އަޅާލާށެވެ. އަދި އަވަނަށް ލުމަށްފަހު ޗީޒްކޮޅު ދިޔާވަންދެއް ހޫނު ކޮށްލާށެވެ.
މިހާރު މިވަނީ ޕިއްޒާ ބިސްގަނޑު ތައްޔާރުކޮށް ނިމިފައެވެ. ގްރީން ސެލެޑަކާއެކު ކާލަން މިބިސްގަނޑު ވަރަށް ފުރިހަމަ ވާނެއެވެ.