ކޯވިޑް 19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުމާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން ލޮކްޑައުންގެ ހާލަތު ގެނެސްފައި ވަނިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޔޫއެފްއޯ ނުވަތަ އަން އައިޑެންޑިފައިޑް ފްލައިން އޮބްޖެކްޓްސް ފެންނަމުން ދާކަމުގެ ރިޕޯޓްތަށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ހޯދައިފިއެވެ.
ޔޫއެފްއޯ (އައިޑެންޑިފައިޑް ފްލައިން އޮބްޖެކްޓްސް) އަކީ ޖައްވުގައި ދަތުރުކުރަނިކޮށް ފެންނަ ކަމަށް ބުނާ އޭލިއެން އުޅަދުތަކެކެވެ. ނަމަވެސް ޔޫއެފްއޯ އަކީ ހަގީގަތެއްކަން އަދި ސާބިތުކޮށެއް ނުދެވެއެވެ. ނުވަތަ ސާބިތު ކޮށްދެވޭނެ ވަރަށް ހެކި ނުހޯދެއެވެ.
ދުނިޔެ ލޮކްޑައުންގައި އޮއްވައި މިމަހު އެކަނިވެސް އޫއެފްއޯ ފެނުނު ކަމަށް ރިޕޯޓް ކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ , ސްޕެއިން ,އޮސްޓެރޭލިޔާ , އިންގްލޭންޑް ,މެކްސިކޯ, ބެލްޖިއަމްގެ އިތުރުން ކޮލަންބިއާ ވެސް ހިމެނެއެވެ. އެމެރިކާގެ ލޮސް އެންޖެލެސް , ނެވާޑާ , ކެލިފޯނިއާއިން ގިނަ އަދަދެއްގެ ކޭސް ތަކެއް ވަނީ ރިޕޯޓް ކޮށްފައެވެ.

ދުނިޔެ ލޮކްޑައުންގައި އޮއްވާ މިހާ ގިނަ އަދަދަކަށް އޫއެފްއޯ ފެންނަމުން ދާތީ ޔޫއެފްއޯ ދިރާސާ ކުރާ ފަރާތްތަކުން ތިބީ ޝޮކެއް ގައެވެ. އެފަރާތް ތަކުން ބުނާ ގޮތުގައި މިއީ ލޮކްޑައުންގެ ސަބަބުން އިންސާނުންގެ ހިލަމެއް ނުވާތީ އެކަން ބެލުމަށް މި އުޅަދުތަށް ހަރަކާތެރިވަމުން ދަނީ ކަމަށް ވެދާނެ ކަމަށެވެ.

އޭލިއެނުން ނުވަތަ ޔޫއެފްއޯއާއި ގުޅޭ ގޮތުން ސައިންސްވެރިންގެ ތާފާތު ނަޒަރިޔާތަށް އެބަހުއްޓެވެ. އެގޮތުން ޔޫއެފްއޯ އާއި ގުޅޭ ގޮތުން މަޝްހޫރު ސައިންސްވެރިޔާ ޕްރޮފެސަރ ސްޓެފިން ހޯކިން 2010 ވަނަ އަހަރު ބުނެފައިވާ ގޮތުގައި ކައުނުގައި އިންސާނުންނަށް ވުރެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އޭލިއަނުން ވެދާނެކަށެވެ.
ކޮލަންބިއާ
ޔޫއެފްއޯއާ ބެހޭ ދިރާސާތަކެއް ކުރުމަށް އެމެރިކާގެ ޖާސޫސީ އިދާރާ ޕެންޓަގަން އިން އެތައް މިލިއަން ޑޮލަރެއްގެ ސިއްރު ޕްރޮގްރާމް ތަކެއް ހިންގަމުންދާ ކަމަށް އެމެރިކާގެ މީޑިއާތަކުން ޒަމާންތަކެއް ވަންދެން ވަނީ ރިޕޯޓްކޮށްފައެވެ. ދުނިޔޭގެ މީޑިއާތަކުގެ ފިއްތުންތަކާއި ގުޅިގެން ހަގީގަތް ހާމަކޮށްދިނުމުގެ ގޮތުން ކަމަށް ބުނެ މީގެ ކުރިން ލީކުވެފައިވާ ޔޫއެފްއޯ ވީޑިއޯތަކެއް ޕެންޓަގަން އިން ވަނީ މިދިޔަ މަހު 29 ވަނަ ދުވަހު އާންމުކޮށްފައެވެ.




