"އެކްސްޓްރެކްޝަން" ގެ ދެވަނަ ބައެއް؟

މާވެލްގެ “ތޯ” ގައި ސުޕަހީރޯގެ ރޯލު ކުޅެގެން އާއްމުންގެ މެދުގައި މަޝްހޫރުކަން ހޯދި ހޮލީވުޑްގެ ތަރި ކްރިސްހެމްސް ވޮތްގެ އެންމެ ފަހުގެ ފިލްމް އެކްސްޓްރެކްޝަން ނެޓްފިލްކްސްގައި ރިލީޒްކުރުމާއެކު، މި ފިލްމަށް ވަނީ ވަރަށް ގިނަ ބައެއްގެ ތަރުޙީބު ލިބިގެންގޮސްފައެވެ. އަދި ހަމަ އެއާއެކު، މި ފިލްމް ނިމުނުގޮތަށް ބަލާއިރު، މި ފިލްމްގެ ގެ ދެވަނަ ބަޔެއް އަންނާނެތޯ ފޭނުން ވަނީ ސުވާލު އުފައްދާފައެވެ.

ހަމައެއާއެކު، ދާދިފަހަކުން ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، މި ފިލްމްގެ ސީކުއަލް އެއް އަންނާނެއެވެ. ޙަބަރުތަކުގައި ބުނެފައިވާގޮތުން، މި ފިލްމްގެ ދެވަނަ ބަޔެއް ގެނެސްދޭން ނިއްމާފައިވަނީ، މި ފިލްމަށް ލިބިގެންދިޔަ ބޮޑު ތަރުޙީބެއްގެ ސަބަބުންނެވެ.

"ސޭމް ހާރގްރޭވް" ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ ސީކުއަލް އާއިމެދު މަޝްވަރާ ކުރަމުންދާކަމަށް، ބޭރުގެ ނޫހެއް ކަމުގައިވާ "ޑެޑްލައިން" އަށް ވަނީ ޔަޤީންކޮށްދީފައެވެ. އަދިި ދެވަނަ ބައިވެސްވެސް އެނބުރި އަންނާނީ، ސޭމްގެ ޑައިރެކްޝަންގެ ދަށުންނެވެ. އަދި ލީޑު ރޯލުންވެސް ފެނިގެންދާނީ ކްރިސް އެވެ.

އެކްސްޓްރެކްޝަން ގެ ސްކްރީން ޕްލޭ ލިޔުނު "ޖޯ ރުސޯ" ބުނީ، ދެވަނަ ބަޔެއް ގެނެސްދޭނެތޯ އަދި ދަނީ މަޝްވަރާކުރަމުންނެވެ. އަދި ފިލްމް ކުރިއަށް ގެންދާނީތޯ ނުވަތަ ނޫންތޯ ނިއްމުމަށްފަހު، ދެވަނަ ބައި އުފެއްދުމާއި މެދު ނެޓްފިލްކްސް އާއި އެކު އެއްބަސްވެވޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި ފިލްމް ނިއްމާލައިފައިވާގޮތުން، އިތުރަށް އަދި ވާހަކައިން ކުރި ފަޅުވައިގެ ކުރިއަށް ގެންދެވޭނެއެވެ. އެގޮތުން ފިލްމް ގައި ކްރިސް މަރުވާކަމަށް ދެއްކިނަމަވެސް، އޭނާ މަރުވީތޯ ޔަޤީންކޮށްދީފައެއް ނުވެއެވެ.

މި ފިލްމަކީ، މި އަހަރު ނެޓްފިލްކްސްގައި ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ