މެކްސިކޯގެ ގޭންގް ލީޑަރެއް ކަމަށްވާ އެސްކަމީލާ ކޮވިޑް-19 ޖެހިގެން މަރުވެއްޖެ

މެކްސިކޯގެ ގޭންގް ލީޑަރެއް ކަމަށްވާ މޮއިސަސް އެސްކަމީލާ މޭ ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

އުމުރުން 45 އަހަރުގެ އެސްކަމީލާ ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ މެކްސިކޯގެ ޖަލެއްގައި 37 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުން ދަނިކޮށެވެ.

އެސްކަމީލާ ނިސްބަތްވަނީ ލޮސް ޒެޓަސް ގޭންގުގެ ތެރެއިން އުފެދިފައިވާ "އޯލްޑް ސުކޫލް ޒެޓަސް" ނަމަކަށް ކިޔާ ގޭންގަކަށެވެ. އަދި މި ގޭންގަކީ މަސްތުވާތަކެތީގެ ވިޔަފާރިއާއި އަދި މިނޫންވެސް ގިނަ ކުއްތަކަކަށް އަރައިގަންނަމުންދާ ނުރައްކާތެރި ގޭންގެކެވެ.

މޮއިސަސް އެސްކަމީލާ މޭ

އެސްކަމީލާގެ މައްޗަށް37 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައިވަނީ12 މީހެއްގެ ބޯ ބުރިކޮށްލައި އެމީހުން މަރާލުމުގެ ކުށުގައި ބައިވެރިވިކަން ކޯޓަށް ސާބިތުވެގެންނެވެ. އަދި އެސްކަމީލާ ޖަލުގައި ބަހައްޓައިފައިވަނީ ނުރައްކާތެރި ކުށްވެރިން ބަހައްޓާ ހާއްސަ ގޮޅިއެއްގައެވެ.

ކޮވިޑް-19 ޖެހިގެން އެސްކަމީލާ މަރުވެފައިވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ. ނަމަވެސް ރަސްމީ އިދާރާތަކުން އެސްކަމީލާ މަރުވެފައިވާކަން ހާމަކޮށްފައިވަނީ އިއްޔެއެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތައް ބުނާގޮތުން ކޮވިޑް-19 ޖެހިގެން މެކްސިކޯއިންވަނީ 3،450 ވުރެ ގިނަ މީހުން މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ