ޓެކްސީ އެއްގައި އުފުލި ބަނގުރާ ފުޅިތަކެއް އަތުލައިގަނެފި

ޓެކްސީއެއްގައި އުފުލި ބަނގުރާ ފުޅިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ގެނެސްފިއެވެ.

ފުލުހުން ވިދާޅުވީ މި ބަނގުރާ ފުޅިތައް އަތުލައިގަނެފައިވަނީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ 20:12 ހާއިރު ލޮނުޒިޔާރަތް މަގުން ހުއްޓުވި ޓެކްސީއެއްގެ ތެރެއިން ކަމަށެވެ.

މިގޮތުން މި ޓެކްސީއިން 19 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު ޓެކްސީ ދުއްވަންހުރި ބަންގުލަދޭޝް މީހާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ