މާލޭގައި ކަދުރު ބަހާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން - މާލޭ ސިޓީ ކައުންސިލް

މާލޭގެ ރައްޔިތުންނަށް ކަދުރު ބަހަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ މާލޭގައި ދިރިއުޅޭ މީހުންނަށް ކަދުރު ބެހުމަށް އިސްލާމިކް މިނިސްޓްރީން 4268 ޕެކެޓް ކަދުރު މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށާއި ކަދުރު ބަހާނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ދޭ އުސޫލުން ކަމަށެވެ. 

ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދީގެން ކަމަށްވެސް މި އިއުލާނުގައިވެއެވެ. އެގޮތުން އާދިއްތަ ދުވަހުން ފެށިގެން ކަދުރު ހުސްވަންދެން ކަދުރުތައް ބެހުން ކުރިއަށްދާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ. 

މި އިއުލާނުގައި އިތުރަށް ބުނީ ގޭބިސީތަކަށް ކަދުރު ބަހާނީ އެ ގޭބިސީއެއްގެ ސައްހަކަށް އަންގައިދޭ ލިޔުމެއް ހިފައިގެން އައުމުން ކަމަށެވެ. އެގޮތުން ގޭބިސީއެއްގެ ސައްހަކަމަށް ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލެވެ. 

މާލޭ ސިޓީގެ ރައްޔިތުންނަށް ކަދުރު ބަހާނީ ޕޮލިސް ޓޯޔާޑް ކައިރީ ހުންނަ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭ ސެކްޝަނުންކަމަށާއި ކަދުރު ބަހާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:30 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ