އިންޑިއާގައި ތިބި 235 ދިވެހިން ރާއްޖެ ގެނެސްފި

ކޮވިޑް-19 ގެ ސަބަބުން ހާލުގައި ޖެހި ރާއްޖެ ނާދެވިފައިތިބި 235 ދިވެހީން މިއަދު ރާއްޖެ ގެނެސްފިއެވެ.

މި ދިވެހީން ރާއްޖެ ގެނެސްފައިވަނީ ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދު ދެބުރެއްގެ މަތިންނެވެ. މިގޮތުން ފުރަތަމަ ބުރު 50 ދިވެހީން ރާއްޖެ ގެނެސްފައި ވާއިރު ދެވަނަބުރު 185 ދިވެހީންވަނީ ރާއްޖެ ގެނެސްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާއިން ލޮކްޑައުން އިއުލާން ކުރުމާއި ގުޅިގެން އެގައުމުގައި ތިބި ގިނަ އަދަދެއްގެ ދިވެހީންވަނީ ރާއްޖެ ނާދެވި އިންޑިއާގައި ތާށިވެފައެވެ. މިހާލަތުގައި އިންޑިއާގައި ހުންނަ ދިވެހި އެމްބަސީއިންވަނީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިންގެ މައުލޫމާތު ހޯދައިފައެވެ. އަދި މިއަދު 235 ދިވެހީން ރާއްޖެ ގެނެސްފައިވަނީ އިން ދިވެހ ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ފޮރިން މިނިސްޓްރީއިން ރޭ ވިދާޅުވެފައިވަނީ، ރާއްޖެއަށް މިއަދު ގެންނަ ދިވެހިން ގެންނަނީ އިންޑިއާގެ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޫރު، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީ އިން ކަމަށެވެ.

އިންޑިއާއިން މިއަދު ގެނަ މި އެންމެންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ