ބަދިގެތެރޭން މިއަދު މިގެނެސްދެނީ ކިވީ މޮޖީޓޯ ތައްޔާރުކުރާނެގޮތެވެ.
ބޭނުނވާތަކެތި:
- 2 ކިވީ
- 1/2 ސައިސަމްސާ ހަކުރު (މުގުރާފައި)
- 3 މިންޓް ލީފް
- 1 ލުނބޯ
- 4 އައސްކިއުބް
- 1/2 ޖޯޑު ސްޕްރައިޓް
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ ކިވީ، ހަކުރު، އަދި 2 މިންޓް ލީފް ތައްޓެއްގެ ތެރޭގައި ޗިސްޗިސް ކޮށްލާށެވެ. އެއަށްފަހު 1/2 ލުނބޯ ހުތް އޭގެތެރެއަށް ފެލާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން އޭގެތެރެއިން 4 ސަމްސާ އެހެން ތައްޓަކަށް އެޅުމަށްފަހު އައިސްކިއުބްކޮޅު ވެސް ތަށީގެ ތެރެއަށް ލާށެވެ. ދެން ސްޕްރައިޓް ކޮޅު އަޅާލުމަށްފަހު 2 ފޮތި ލުނބޯ، 2 ފޮތި ކިވީ އަދި 1 މިންޓް ލީފް ލުމަށްފަހު ގިރާލާށެވެ.
މިހާރު މިވަނީ ކިވީ މޮޖީޓޯ ތައްޔާރުކޮށް ނިމިފައެވެ.




