ލަންކާ އަށްވުރެ ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެ

ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަސް (ކޮވިޑް-19) އަށް ޕޮސިޓިވްވި މީހުންގެ އަދަދު އަވައްޓެރި ސްރިލަންކާ އަށްވުރެ ރާއްޖޭގައި އިތުރުވެއްޖެއެވެ.

ކޮވިޑް-19 ގެ ތަފާތު ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި މިހައިތަނަށް 897 މީހަކު މިވައިރަހަށް ޕޮސިޓިވްވެފައި ވާއިރު، މަރުވެފައި ވަނީ 3 މިހުންނެވެ. އަދި 31 މީހަކު ވަނީ ފަރުވާ ދީގެން ރަނގަޅުވެފައެވެ.

އެހެންނަމަވެސް ލަންކާގައި މިހައިތަނަށް 869 މީހަކު ވައިރަހަށް ޕޮސިޓިވްވެފައި ވާއިރު، މަރުވެފައި ވަނީ 9 މިހުންނެވެ. އަދި 343 މީހަކު ވަނީ ފަރުވާ ދީގެން ރަނގަޅުވެފައެވެ.

ލަންކާއިން މިވައިރަސް ފެނުމާއެކު، ވައިރަސް ހުއްޓުވަން އެންމެ އަވަހަށް އެންމެ ވަރުގަދަ ފިޔަވަޅުތަކެއް އެޅި އެއް ގައުމަކަށް ލަންކާ ވާނެއެވެ. އެގޮތުން މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެން މުޅި ލަންކާގައި ވަނީ ކާފިއު އިއުލާން ކުރިއެވެ. އަދި ދުވަސްކޮޅެއް ފަހުން މީހުން މަދު ހިސާބުތަކުގެ ކާފިއު އަށް ލުޔެއް ދިން ނަމަވެސް ބޮޑެތި ސިޓީތައްފަދަ ވެރިރަށް ކޮލަމްބޯ އާއި އެނޫންވެސް ބޮޑެތި ސިޓީތަކަށް ކާފިއު އިން ލުޔެއް ދީފައެއް ނުވެއެެވެ.

މި ބައްޔަކީ އަދި މިހާތަނަށް ފަރުވާއެއް، ވެކްސިނެއް ހޯދިފައިނުވާ ބައްޔަކަށްވާތީ ރައްކާތެރިވުމުގެ ގޮތުން ބައްޔަށް ހުށަހެޅިދާނެފަދަ ކަންކަމުން ވީހާވެސް ބޮޑަށް ދުރުހެލިވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ