ބަދިގެތެރޭން - ކޮފީ ސްޕޮންޖް ކޭކު

ބަދިގެތެރޭން މިއަދު މިގެނެސްދެނީ ކޮފީ ސްޕޮންޖް ކޭކު ތައްޔާރުކުރާނެގޮތެވެ.

ބޭނުންވާތަކެތި:

  • 1/3 ޖޯޑު ކިރު (80 އެމްއެލް)
  • 1 ސައިސަމްސާ ކޮފީ ޕައުޑާރ
  • 2 ބިސް
  • 3/4 ހަކުރު (130 ގްރާމް)
  • 3 ސައިސަމްސާ ތެތޮ (45 އެމްއެލް)
  • 1 ސައިސަމްސާ ވެނީލާ އެސެންސް
  • 1 ޖޯޑު ފުށް (130 ގްރާމް)
  • 1 ސައިސަމްސާ ބޭކިން ޕައުޑާރ

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ތެއްޔެއްގައި ކިރުކޮޅު ހޫނުކޮށްލާށެވެ. ހޫނުވުމުން ކޮފީ ސަމްސާ އަޅާ ކުޑަކޮށް ކައްކާލުމަށްފަހު ބަހައްޓާށެވެ. ދެން ވަކިން ތައްޓެއްގައި ބިސް ގިރުވާލާށެވެ. ދެންް ހަކުރުކޮޅޫ އަޅާ ކުޑަކޮށްް ތަތް ވަންދެން މިކްސް ކޮއްލާށެވެ. ދެން އޭގެތެރެއަށް ތެލާއި އެސެންސް އަޅާ އެއްކޮށްލާށެވެ. އެއްވުމުން ފުށް އަދި ބޭކިން ޕައުޑާރ އަޅާ ރަނގަޅަށް ގިރާލާށެވެ. ދެން  އޭގެތެރެއަށް އެންމެފުރަތަމަ މިކްސް ކުރި ކިރު އަދި ކޮފީކޮޅު އަޅާ ހުރިހާއެއްޗެއް އެއްކޮށް ރަނގަޅަށް މިކްސް ކޮށްލާށެވެ.

ދެން ޓްރޭގައި ތެޔޮ ނުވަތަ ބަޓާރ ހޭކުމަށްފަހު ފުށްކޮޅެއް އަޅާ ޓްރޭގައި އެއްކޮށް ހާކާލާށެވެ. ދެން ގިރާފައި ހުރި ކޭކު ފުށްގަނޑު ޓްރޭގެ ތެރެއަށް އެޅުމަށްފަހު އަވަނަށް ލައި 180 ޑިގްރީގައި 45 މިނެޓް ވަނދެން ފިހެލާށެވެ.

މިހާރު މިވަނީ ކޮފީ ސްޕޮންޖް ކޭކު ތައްޔާރުކޮށް ނިމިފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ