ކޮވިޑް-19: އިތުރު 07 މީހަކު ޕޮސިޓިވް ވެއްޖެ

ދިވެހިރާއްޖެއިން އިތުރު 07 މީހަކު ޕޮސިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިތުރު ހަތް މީހަކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އެގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައިހިމެނެނީ ތިން ބަންގްލަދޭޝް ރައްޔިތުންނާއި ދެ ދިވެހިންގެ އިތުރުން ދެ އިންޑިއާ ރައްޔިތުންނެވެ.

މިއާއި އެކު ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 904 ކަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން 31 މީހަކު މިބަލިން ރަނގަޅު ކުރެވިފައިވާއިރު ތިން މީހަކު ވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ