ކޮވިޑް-19 ޖެހުނު އިތުރު މީހަކު އެބަލިން ރަނގަޅު ވެއްޖެ

ކޮވިޑް-19 ޖެހުނު އިތުރު މީހަކު އެބަލިން ރަނގަޅު ވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން އިތުރު ދިވެއްސަކު މިބަލިން މިހާރު ރަނގަޅުވެފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވީ މީހުންގެ އަދަދު މިވަނީ 32 އަކަށް އަރައިފައެވެ.

މައުލޫމާތު ލިބޭގޮތުގައި 32 މީހާގެ ގޮތުގައި މިބަލިން ރަނގަޅު ވެފައިވަނީ ހއ. އުލިގަމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއެވެ. މިއީ އަތޮޅުތެރޭ ރަށަކުން އެންމެ ފުރަތަމަ މިބައްޔަށް ޕޮޒިޓިވްވި މީހާއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 904 ގައެވެ. މީގެތެރެއިން އެކްޓިވް ކޭސަސްގެ އަދަދަކީ 869 އެކެވެ. އަދި މިހާތަނަށް މިބަލީގައި ތިންމީހަކުވަނީ ނިއާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ