މިފަހަރު ބަދިގެތެރެއިން މި ގެނެސްދެނީ ޗިކަން ފްރައިސް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާތަކެތި:
- 500ގ ކުކުޅު (ކުދިކޮށް ކޮށާފައި)
- 1 އަލުވި (ހިމަދިގުކޮށް ގާނާފައި)
- 2 މޭޒުމަތީސަމުސާ ލުނބޯ ހުތް
- ½ މޭޒުމަތީސަމުސާ އަސޭމިރުސް
- 1 މޭޒުމަތީސަމުސާ ތެޅި މިރުސް
- 1 މޭޒުމަތީސަމުސާ އިނގުރު ( ގާނާފައި)
- 1 މޭޒުމަތީސަމުސާ ކޯން ފްލޯ
- ހަނޑޫ ( ½ ޖޯޑު ހިމުންކޮށް މުގުރާފައި)
- ލޮނު ( ރަހަލާވަރަށް)
- 1 ބިސް
- ފާރޮށި ކުނޑި
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ކޮށާފައި ހުރި ކުކުޅުކޮޅު ތެރެއަށް ގާނާފައިހުރި އަލުވި ކޮޅު އަޅާލައި ސަމުސަލަކުން އެއްކޮށްލާށެވެ. އެއްކުރުމަށްފަހު މިކްސްޗަރަށް އަޅާ ތަތް ޕޭސްޓެއް އުފެދެންދެން ގިރާލާށެވެ. އެއަށްފަހު އެ ޕޭސްޓް ތައްޓެއްގެ ތެރެއަށް އެޅުމަށްފަހު، ލުނބޯ ހުތާއި، އެސޭމިރުހާއި، ތެޅިމިރުހާއި،ލޮނާއި، އިނގުރާއި، ކޯން ފްލޯއާއި އަދި މުގުރާފައިހުރި ހަނޑޫ އަޅާށެވެ. އަދި ބިސް ތެޅުމަށްފަހު އޭގެތެރެއަށް އަޅާ، ހުރިހާ ބާވަތެއް ރަނގަޅަށް އެއްވަންދެން ސަމުސަލަކުން އެއްކުރާށެވެ. ރަނގަޅަށް އެއްވުމުން 30 މިނިޓް ވަންދެން ފްރިޖްގައި ބޭންދުމަށްފަހު ނަގާށެވެ. އެއަށްފަހު އަތުގައި ކުޑަތެޔޮފޮދެއް ހޭކުމަށްފަހު އޭގެން ޗިޕްސް ގޮތަށް ދިގުގޮށް އަތުން ވަށާށެވެ. މިގޮތަށް ހެދުމަށްފަހު އޭގައި ފާރޮށިކުނޑި ހޭކުމަށްފަހު ތެލުލާށެވެ.



