ދެކުނު އެފްރިކާގެ ޕާލަމެންޓަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ފެށިއްޖެ

ދެކުނު އެފްރިކާގެ ޕާލަމެންޓަށް މެންބަރުންހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިއަށް އެބަދެއެވެ. މިގޮތުން ވޯޓުލުން ފަށައިފައިވަނީ މިއަދު ހެނދުނު 7:00 ގައެވެ.

މިއިންތިހާބުގައި 22،925 ވޯޓުލާ މަރުކަޒަށް 26.8 މިލިއަން މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައި ވެއެވެ. މިވޯޓުލުން 14 ގަޑިއިރަށް ދިގުދެމިގެން ދާނެއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާތައް ލިބޭވަރުވާނީ މާދަމާގެ ވަގުތެއްގައި ކަމަށް އިންތިހާބާބެހޭ އިދާރާއިން މައުލޫމާތު ދެއެވެ. އަދި ރަސްމީ ނަތީޖާ ހޮނިހިރު ދުވަހު ހާމަކުރެވޭވަރު ވާނެކަމަށްވެސް އިންތިހާބާބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.

މިއިންތިހާބު ކާމިޔާބުކުރާނެކަމަށް ބެލެވެނީ ދެކުނު އެފްރިކާގައި މިހާރުވެސް ވެރިކަންކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް އިންނެވެ. އެއަށްފަހު ދެންއެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާނެކަމަށް ބެލެވެނީ، އެކޮނޮމިކް ފުރީޑަމް ފައިޓާރސް އަދި ޑިމަކްރަޓިކް އެލިއަންސެވެ. ކޮންގްރެސްގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކަށް ރައީސަކު އައްޔަންކުރުމުގެ ބާރު ލިބިގެން ދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް