ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ 92 އަހަރުގެ މީހަކު ނިޔާވެއްޖެ

ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ 92 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުކުމެއް ތަންފީޒު ކުރަމުންދިޔަ 92 އަހަރުގެ މީހަކު ރޭ މަރުވެފަައިވާ ކަމަށާއި، އެ މީހާ ހުރީ ހުޅުމާލޭ ޖަލުގައި ކަމަށެވެ.

އަހުމަދު މުހައްމަދުފުޅު އިތުރަށް ވިދާޅުވީ، އެ މީހާ މަރުވުމާއި ގުޅިގެން ފުލުހުންނާއި އެޗްއާރުސީއެމް އަދި ކަމާބެހޭ އެހެން އިދާރާތަކަށް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

ރޭ ނިޔާވި މީހާ އާއި ބެހޭ އިތުރު މަޢުލޫމާތެއް ކޮމިޝަނަރ އޮފް ޕްރިޒަން، އަހުމަދު މުހައްމަދު ހާމަކުރައްވާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ